ޖުމްހޫރީ ޕާޓީ

ސަމީރު ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

Sep 6, 2017
1

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. ދެވަނަ ފަހަރަށް ސަމީރު ފުލުހަށް ހާޒިރުވާން ޖެހެނީ މާދަމާ ހަވީރު އެވެ.

އޭނާ ހާޒިރު ކުރަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ކުނޫޒު ކުރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައަކާ ގުޅިގެނެވެ. އެރޭ ފުލުހުން ސަމީރު ހައްޔަރުކުރީ ނޫސްވެރިންނަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށެވެ.

މި މައްސަލައިގެ ކުރިން ވެސް ހާޒިރުކޮށް ސަމީރުއާ ސުވާލުކޮށްފައިވެ އެވެ. އެއީ ކުނޫޒު ބަލައި ފާސްކުރަން ދިއުމުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތުގަ އެވެ.