ހަބަރު

އެމްޑީޕީ ޔޫތު ވިންގުގެ ރައީސް ފުލުހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އޭނާއަށް މިއަދު އަންގާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ފުލުހަށް ދިއުމަށެވެ. އޭނާ ހާޒިރުކުރަނީ ފުލުހުންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ތުހުމަތުކޮށް ފަށާފައިވާ ތަހުގީގަކަށެވެ.

ސަރުކާރަށް އަމާޒުކޮށް ފާޑު ވިދާޅުވާ މީކާއީލް ހާޒިރު ކުރާއިރު ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރުވެސް މާދަމާ ފުލުހަށް ހާޒިރު ކުރެއެވެ.