ކުޅިވަރު

ނަޑާލް ޔޫއެސް އޯޕަން ސެމީފައިނަލަށް

ފަސޭހަކަމާއެކު ރަޝިޔާގެ އަންދްރޭ ރުބްލެވް ބަލިކޮށް ރަފޭލް ނަޑާލް ޔޫއެސް އޯޕަންގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ. އުމުރުން 19 އަހަރުގެ ރުބްލެވް ބަލިވީ 1-6 2-6 2-6 ގެ ނތީޖާއަކުން ނިއުޔޯކްގެ ކުއީސްގަ އެވެ.

އައިޔާއިްން އެންބުރި އައިސް މިއަހަރު ނަޑާލް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަގައި ރޮޖާ ފެޑެރާ އަތުން ބަލިވި ނަމަވެސް ނަޑާލް ވަނީ އޭނާގެ 10 ވަނަ ފްރެންޗް އޯޕަން ކާމިޔާބުކޮށްފަ އެވެ. ފްރެންޗް އޯޕަން ވެގެންގޮސްފައިވަނީ ނަޑާލްގެ 15 ވަނަ ގްރޭންޑް ސްލޭމްއަށެވެ.

ނަޑާލްއާއި މިމެޗުގައި ވާދަކުރި އަންދްރޭ ރުބްލެވް މުބާރާތުގެ ކުއާޓާ ފައިނަލާ ހިސާބަށް އައިސްފައިވަނީ ގްރިގޯ ޑިމިޓްރޯވް އަދި ޑޭވިދް ގޮފިން ބަލިކޮށްގެންނެވެ. މީގެ ކުރިން ބޮޑު މުބާރާތެއްގައި އެންމެ މެޗެއް ކާމިޔާބުކޮށްފައިވާ ރުބްލެވް ވެގެންގޮސްފައިވަނީ މުބާރާތުގެ ގިނަ ބަޔަކު ހައިރާންކޮއްލި ކުޅުންތެރިޔަކަށެވެ.

ސެމީފައިނަލިގައި ނާޑާލް ވާދަކުރަން ޖެހޭނީ ރޮޖާ ފެޑެރާ އާއި ޑެލް ޕޮޓްރޯ ކުޅޭ މެޗު ކާމިޔާބު ކުރާ ކުޅުންތެރިޔަކާއެވެ.