ވިޔަފާރި

ހުޅުމާލޭގައި ފެންޓަސީގެ ސުޕަމާޓެއް

ހުޅުމާލޭގައި ފެންޓަސީގެ ސުޕަމާޓެއް "ފެންޓަސީ އެކްސްޕްރެސް" ގެ ނަމުގައި ހުޅުވައިފި އެވެ. ފެންޓަސީއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ސުޕަމާޓެވެ.

ހުޅުމާލެ ބަލަހައްޓާ، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި "ސެންތްރޯ މޯލް" ގައި ހުޅުވި ފެންޓަސީ އެކްސްޕްރެސްގެ ފިހާރައިގެ އިތުރުން އެހެން ގިނަ ފިހާރަ ތަކެއް ހުންނާނެ އެވެ.

ފެންޓަސީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ މި ފިހާރައިން މާލޭގައި ލިބޭ ހުރިހާ ހިދުމަތެެއްވެސް ލިބެން ހުންނާނެ އެވެ.

"އަގުވެސް އެއްވެސް ބަދަލެއް ނައިސް މާލެއެކޭ އެއްގޮތަށް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ

ސެންތްރޯ ޝޮޕިން މޯލްގައި އިލެކްޓްރޯނިކްސް އާއި ސެލޫން އަދި ރެސްޓޯރަންޓުގެ އިތުރުން ބޭކަރީ ފަދަ ފިހާރަތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެ ތަނުގައި އިސްލާމިކް ބޭންކާއި ދަތުގެ ފަރުވާދޭ ކްލިނިކެއް ވެސް ހިންގަ އެވެ.