ހަބަރު

އާ އަހަރާއެކު އިމްރާނާއި ނިހާނަށް އުފާވެރިކަން!

ހިޖުރައިން 1439 ވަނަ އަހަރު ފެށުނީ އެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާނަށް ފެށުނީ ވަރަށް ވެސް އުފާވެރި ހަބަރަކާއެކުގަ އެވެ. ޖަލުގައި ހުންނަވަނިކޮށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވެސް އާ އަހަރު ފެށިގެން އައީ ވަރަށް އުފާވެރި އިހުސާސްތަކާއެކުގަ އެވެ. ނިހާން އާއި އިމްރާންއަށް ލިބުނީ ވެސް އެއް އުފަލެކެވެ. އެ ދެ ބޭފުޅުންނަށް އަނެއްކާވެސް ބޭފުޅުން ލިބި ވަޑައިގަތީ އެވެ. އެއް ދުވަހެއްގަ އެވެ.

ކުރިންވެސް ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކާއެކު ކުޑަ އާއިލާއެއް އޮތް ނިހާންގެ އާއިލާއަށް އިތުރުވީ އަންހެން ބޭފުޅެކެވެ. ނިހާން އިއްޔެ އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވާ ގޮތުގައި އިސްލާމީ އާ އަހަރުގެ ފުރަތަމަ ދޯދިފަށާއެކު އޭނާއަށް އަންހެން ބޭފުޅަކު ލިބިފައިވާ ކަމަށެވެ. އެއީ އިއްޔެ ހެނދުނު 6:15 ގައި ސްރީލަންކާގެ ހޮސްޕިޓަލެއްގަ އެވެ.

ނިހާންއަށް ދަރިއަކު ލިބިފައިވާ ކަން އޭނާ ސޯޝަލް މީޑިއާގައި ހާމަ ކުރަނީ

އިމްރާންއަށް ލިބުނު އުފާވެރިކަން އަދި މާބޮޑެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އައިސް ކަރެކްޝަންގެ ހުއްދައާއެކު ހޮސްޕިޓަލަށް ވަޑައިގަންނަން ޖެހުނީ ފިރިހެން ބޭފުޅަކު ލިބި ވަޑައިގަތުމުގެ އުފަލުގަ އެވެ. އިމްރާންގެ އާއިލާގައި ވެސް ހަތަރު އަންހެން ބޭފުޅުން ތިއްބަވަ އެވެ. ނަމަވެސް ރޭ ލިބިވަޑައިގެންނެވީ ފިރިހެން ބޭފުޅެކެވެ. އެ އުފަލުގައި އޭނާ ވަނީ ޖަލުން ގެއަށް ވަގުތީ ގޮތުން ވަޑައިގެންފައެވެ. އިމްރާން މިވަގުތު ހުންނެވި އާއިލާއާއެކުގަ ގޭގަ އެވެ.

ޝޭހް އިމްރާންއަށް ދަރިއަކު ލިބުނު ހަބަރު އަދާލަތު ޕަޓީން ޓްވީޓުކޮށްފައި --

ޓިވިޓާ އާއި ފޭސްބުކްގައި އިމްރާއަށް ގިނަ ހެޔޮ ދުއާ އާއި މަރުހަބާގެ ބަސްތައް އެކި ފަރާތްތަކުން ކިޔާފައި ވެއެވެ. ނިހާންއަށް ވެސް ގިނަ ބަޔަކު މަރުހަބާ ކިޔަމުން އެބަ ދެއެވެ.