ލައިފްސްޓައިލް

ތުރުކީގެ އެންމެ ރީތި ފަސް އެކްޓަރުންނަކީ މިއީ

ފޯނުގެ ވޯލް ޕޭޕަރާިއ ފޭސްބުކްގެ ޕްރޮފައިލް ފޮޓޯއަށް ހޮލީވުޑް ނުވަތަ ބޮލީވުދްގެ ރީތި އެކްޓަރުންނާއި، މޮޑެލުންގެ ފޮޓޯ ލައިގެން އުޅުމަކީ އަންހެން ކުދިންގެ އާދަ އެކެވެ. ފޭސްބުކްގައިި އެފަދަ ރީތި މީހުންގެ ފޮޓޯތައް ޝެއާވެސް ކުރެ އެވެ. އާއްމު ގޮތެއްގައި ޝެއާކޮށް ހަދަނީ އެ ދުވަސްވަރެއްގައި އެންމެ ފޯރި ނަގާފައި ބަލާ އުޅޭ ސީރިޒްތަކުގައި އުޅޭ ފިރިހެނުންނެވެ. އެގޮތުން މި ފަހަކަށް އައިސް އަންހެން ކުދިންގެ އެންމެ މަގުބޫލީ ތުރުކީ ސީރީޒްތަކެވެ. ރެޔާއި ދުވާލު ލިބޭ ހުރިހާ ހުސް ވަގުތެއްގައި ބަލަނީ ތުރުކީ ސީރީޒްތަކެވެ. ފިލްމު އަޅައިދޭ ތަންތަނުގައި އެންމެ ޑިމާންޑް ބޮޑީވެސް ތުރުކީ ސީރިޒްތަކަށެވެ.

އާންމުކޮށް އަންހެން ކުދިން ތުރުކީ ސީރިޒްތައް އަންހެން ކުދިން ބަލަނީ ސީރީޒް ރީތިވެގެންނެއް ނޫނެވެ. ގިނަ އަންހެން ކުދިންގެ ސަމާލުކަން ހުއްޓެނީ އެ ސީރީޒްތަކުގައި އުޅޭ އެކްޓަރުންނަށެވެ. ތުރުކީ ފިރިހެނުންނަކީ ތަފާތު ރީތިކަމެއް ލިބިފައިވާ ބައެއް ކަމަށް އެ އަންހެން ކުދިން ބުނެ އެވެ. ތުރުކީގެ އެންމެ ރީތި ފަސް އެކްޓަރުންނަށް ބަލާލާނަމެވެ.

ޔޫސުފް

ތުރުކީގެ އެންމެ ރީތި ފަސް އެކްޓަރުންގެ ތެރެއިން ފަސް ވަނައިގައި ހިމެނެނީ ޔޫސުފް އެވެ. އުމުރުން 26 އަހަރުގެ ޔުސުފްއަށް އެންމެ ފުރަތަމަ މޮޑެލް ކުރުމުގެ ދާއިރާއަށް ވަދެވުނީ ސްކޫލް ނިންމާލާފައި ވަޒީފާއަށް ގުޅުނު ހިސާބުން މޮޑެލިން އެޖެންސީއެއްގެ ލެންސަށް އޭނާ އަރައިގެންނެވެ. އައިޓީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރި ނަމަވެސް މޮޑެލިން އަށް ވަދެ އޭނާ ވަނީ 2011 ވަނަ އަހަރު ތުރުކީގެ އެންމެ ބެސްޓް މޮޑެލްގެ ލަގަބު ހޯދާފަ އެވެ. އެފަހުން ފެޝަން އާ ބެހޭ މެގަޒިންތަކުގެ ކަވާއިން އެތައް ފަހަރު ޔޫސުފްވަނީ ފުރުސަތު ހޯދާފަ އެވެ. ޔޫސުފް އޭނާގެ އެކްޓިން ކެރިއާ ފެށީ "އެޒްރާ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. މިހާރުވެސް އޭނާ ދަނީ ޓީވީ ސީރީޒްއެއްގެ މަސައްކަތް ކުރަމުންނެވެ. އެ ސީރީޒްގެ ނަން އިނގިރޭސީން ބުނާކަމަށް ވަންޏާ ބުނެވޭނީ "ސްޓްރޯބެރީ ސްމެލް" އެވެ.

ޔޫސުފްގެ ޕާސަނަލް ލައިފަށް ބަލާއިރު އޭނާގެ ހިތަށް ވެރިވެގަނެގެން އުޅެނީ ތުރުކީގެ އެކްޓްރެސް އެކެވެ.

ބިޔުރެކް ޑޭނީޒް

މިއީ ގިނަ ދިވެހި އަންހެން ކުދިންގެ ހިތުގެ ރާޖާ އެކެވެ. ތުރުކީ ސީރީޒް "އަސްކް ލަފްތަނާން އަންލަމާޒް" އިން މުރާތު ސަރްސިލްމާޒްގެ ނަމުގައި މަގުބޫލުކަމެއް ހޯދި ބިޔުރެކް ހިމެނެނީ އެންމެ ރީތި ފަސް އެކްޓަރުންގެ ތެރެއިން ހަތަރު ވަނައިގަ އެވެ. ބިޔުރެކް އޭނާގެ ފިލްމީ ކެރިއަރު ފެށީ 2011 ވަނަ އަހަރު ނެރުނު "ސުލްތާން" އިންނެވެ. މިވީ ހަ އަހަރުގެ ތެރޭގައި އޭނަ ވަނީ ދެ ފިލްމާއި ހަ ސީރީޒް ކުޅެފަ އެވެ.

އޭނާ މިހާރު ކުޅެމުންދަނީ ލޯބިވެރިޔާ ހަޒާލް އާ އެކު "އަވާ ސްޓޯރީ" ނަމަކަށް ކިޔާ ސީރީޒް އެކެވެ. ބިޔުރެކްގެ އުމުރަކީ 27 އަހަރެވެ. އުފަން ދުވަހަކީ ފެބްރުއަރީ 17 އެވެ.

މެހްމަތް އާކިފް

އާކިފް އޭނާގެ މޮޑެލިން ކެރިއަރު 1998 ވަނަ އަހަރު ފެށިއިރު 2001 އަދި 2002 ވަނަ އަހަރު އޭނާ އަކީ ތުރުކީގެ އެންމެ ބެސްޓް މޮޑެލް އެވެ. އެ ދެ އަހަރު "މޯސްޓް ޕްރޮމިސިން" އަދި "ތުރުކީ ޕްރިންސް"ގެ ލަގަބުވެސް އޭނާ ވަނީ ހޯދާފަ އެވެ. އާކިފް އަކީ ތުރުކީގެ ތިން ވަނައަށް އެންމެ ރީތި އެކްޓަރެވެ.

އުމުރުން 38 އަހަރުގެ އާކިފް އެންމެ ފުރަތަމަ ސީރީޒްއެއް ކުޅެފައިވަނި 2003 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް ނުވަ ސީރީޒް އެއް ކުޅެފަ އެވެ. އާކިފް އެންމެ ފަހުން ކުޅެފައިވަނީ "އަމާނަތް" ކިޔާ ފިލްމެކެވެ.

އެންޖީން

ތުރުކީ އެކްޓަރުންގެ ތެރެއިން ދެ ވަނައަށް އެންމެ ރީތި އެކްޓަރެއް ކަމަށްވަނީ އެންޖީން އެވެ. އެންޖީންގެ އުމުރުން 35 އަހަރެވެ. މިހާތަނަށް އޭނާ ވަނީ ގިނަ އެވޯޑުތަކެއްވެސް ހާސިލް ކޮށްފަ އެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނު ފިލްމަ 2006 ވަނަ އަހަރު ނެރުނު "ގަދަރް" އެވެ. އެ ފިލްމުން އިން އޭނާ ވަނީ "މޯސްޓް ޕްރޮމިސިން" އެކްޓަރުގެ މަގާމުވެސް ހޯދާފަ އެވެ. މިހާތަނަށް އެންޖީން ވަނީ ހަ ސީރީޒް އެއް ކުޅެފަ އެވެ.

އޯނޫރް ތޫނާ

ތުރުކީގެ އެކްޓަރުންގެ ތެރެއިން އެންމެ ރީތި އެކްޓަރު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ތަރިއަކީ މިއީ އެވެ. އުމުރުން 32 އަހަރުގެ ތޫނާ އެންމެ ފުރަތަމް އެކްޓިން އަަށް ނުކުތީ "ހަޔާތު ދީވާމް އީދިޔޯރް" ނަމަކަށް ކިޔާ ޓީވީ ސީރީޒް އަކުންނެވެ. އެކްޓިން އަށް އޭނާ ނުކުތީ މޮޑެލިންގެ ދާއިރާގައި ހަތަރު އުޅުމަށް ފަހުގަ އެވެ. ތޫނާ އަކީ ވަރަށް މޮޅަށް ވޮލީ އަދި ބާސްކެޓް ބޯޅަ ކުޅުންތެރިއެއްވެސްމެ އެވެ. ތޫނާ ވަނީ ތިން ސީރީޒް އާއި އެއް ފިލްމު ކުޅެފަ އެވެ.

ތޫނާ އަކީ ތުރުކީގެ އަންހެންކުދިންގެ މެދުގައިވެސް ވަރަށް މަގުބޫލު ފަރާތެކެވެ.