ސްރީލަންކާ

ލަންކާގެ ގުދަނަކުން ފަސް ބަޑި ވަގަށް ގެންގޮސްފި

ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ވައިލްޑް ލައިފް ކޮންޒަވޭޝަން (ޑީޑަބްލިއުސީ)ގެ ހަތިޔާރު ގުދަނަކުން ބަޔަކު ފަސް ބަޑި ވަގަށް ގެންގޮސްފިއެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ ސަންޑޭ ޓައިމްސް ނޫހުން ބުނީ ވަސްގަމުވާ ނެޝަނަލް ޕާކްގައިވާ ހަތިޔާރު ގުދަނުން ވަގަށް ގެންދިޔަ ހަތިޔާރުގެ ތެރޭގައި ޓީ56 މަރުކާގެ އެސޮލްޓް ރައިފަލަކާއި އޮޓަމެޓިކް ދެ ޝޮޓް ގަން ހިމެނޭ ކަމަށެވެ. އަދި ބުނީ އެހާދިސާ ހިނގީ ރޭގަނޑެއްގައި ކަމަށާއި އެކަމުގައި ތުހުމަތު ކުރެވޭ މީހަކު އަދި ފާހަގަވެފައި ނުވާ ކަމަށެވެ. ލަންކާ ފުލުހުން މިހާރު އަންނަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ވަސަގަމުވާ ނެޝަނަލް ޕާކަކީ މަޓާލީ އާއި ޕޮލޮއްނަރުވާ ޑިސްޓްރިކްޓުން ބައެއްގައިވާ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. އެއީ ގިނަ އަދަދަކަށް ނީލަގެރި އެތާއި ދޫނިތައް އުޅޭ ސަރަހައްދެކެވެ.

ސްރީލަންކާގައި ވަކިވެގަތުމަށް މަސައްކަަތް ކުރި ތަމަޅަ ޓައިގަރުންނާ އެގައުމުގެ ސިފައިންނާ ދެމެދު ހިނގި ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އާއްމުން ހަތިޔާރު ގެންގުޅުމުގެ ކުށް ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގައުމުގެ ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2016 ވަނަ އަަހަރު ރިޕޯޓުކޮށްފައި ވަނީ އެފަދަ 78 މައްސަލައެވެ. ހަނގުރާމަ ނިމުނު އަހަރު އެފަދަ 395 މައްސަލަ ރިޕޯޓްކޮށްފައި ވެއެވެ.