ސައުދީ އަަރަބިއްޔާ

ސައޫދީ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

Sep 23, 2017
1

ސައޫދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށާއި އެ ގައުމުގެ ވަލީއަހުދު ހިޒް ރޯޔަލް ހައިނެސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ސައުދީ ރަސްގެފާނަށް ފޮނުއްވި މެސެޖުގައި، ރާއްޖެއާއި ސައުދީ ދެ ގައއުމުގެ ދެމެދުގައި އުފެދިފައިވާ އިސްލާމީ އަހުވަންތަ ގާތް ގުޅުން، ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމަށާއި ދެ ގައުމުން މަސައްކަތް ކުރަނީ ތަރައްގީއާ ކުރިއެރުމަށާ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައިކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ވަލީއަހުދަށް ރައީސް ފޮނުއްވި މެސެޖުގައި، ސައުދީއަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށާއި ދުނިޔޭގެ ސުލްހަވެރިކަމާ ރައްކާތެރިކަމާ ހަމަޖެހުމަށްޓަކައި ސައުދީން ކުރާ މަސައްކަތަށް ކުރިއެރުން ލިބުމަށް އެދިވަޑައިގެންފައި ވެއެވެ.