ލައިފްސްޓައިލް

މަޝްހޫރު އެވެން ބްރޭންޑް ރާއްޖެ އަށް

ހަމުގެ ނަލަ ކަމާއި ޒީނަތްތެރިކަމަށް އިސްކަންދީ ރީތި އޮމާން ހަންގަނޑެއް ހޯދަން އެދޭ މީހުންނަށް މިއޮތީ އެކަމަށް އެންމެ ރަނގަޅު އުފެއްދުން ލިބިފަ އެވެ. ފްރާންސްގެ މިއުފެއްދުމަކީ ޔޫރަޕް އަދި މުޅިދުނިޔޭގައިވެސް އެންމެ މަގްބޫލް އެއް ބްރޭންޑެވެ. އަދި ބައިނަލްއަގްވާމީ ގިނަ އެވޯޑްތަށް ހާސިލްކޮށްފައިވާ ސްކިންކެއާ ބްރޭންޑެކެވެ. އެވެން ބްރޭންޑްގެ އުފެއްދުންތަށް ޕްލާޒާ އެންޓަޕްރައިޒަސްގެ ފަރާތުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައިވަނީ މިކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޕްލާޒާ އެންޓަޕްރައިޒަސް އަށް ވަނީ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބުއުޓަރު ކަން ހަވާލުކޮށް މިރޭންޖްގެ 11 ޕްރޮޑަކްޓެއް ރާއްޖެއަށް ތައާރަފްކޮށްފައެވެ. އެވެން ބްރޭންޑަކީ މީގެ 270 އަހަރު ކުރިން ވުޖޫދަށް ގެނެސް މިއަދާއި ހިސާބަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުންގެ އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.

އެވެން ބްރޭންޑްގެ އެންމެ ހާއްސަ އެއްކަމަކީ އެހެން އުފެއްދުންތަކާއި ހިލާފަށް މިއުފެއްދުމަކީ ތިމާވެއްޓާއި ރައްޓެހި އުފެއްދުމަކަށްވާތީއެވެ. އަދި މި އުފެއްދުން ތަައާރަފް ކޮށްފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވަށްޓާއި ގުޅޭނެފަދަ ކެމްޕޭން އެއްކަމަށްވާ "ސްކިން ޕްރޮޓެކްޓް، އޯޝަން ރެސްޕެކްޓް"ގެ ދަށުންނެވެ. އެ ކުންފުނިން އެތެރެކުރި އެވެން ބްރޭންޑްގެ އުފެއްދުންތަކަކީ ހަންގަނޑުގެ އޮމާންކަމާއި، މަޑުކަން ދެނެގަތުމަށް 150 އެއްހާ ދިރާސާކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެކެވެ.

ރާއްޖެއަށް ތައާރަފްކޮށްފައިވާ އެވެން ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި ސަން ސްކްރީން ލޯޝަންތަކާއި ސްޕްރޭ، އަދި އެވޭން ބްރޭންޑްގެ ޑެއިލީކޮށް ބޭނުންކުރެވޭ މިސެލާ ލޯޝަން، ހަންގަނޑު މާބޮޑަށް ތެޔޮވާނަމަ ބޭނުންކުރެވިދާނެ އުފެއްދުންތަކާއި ކްލެންސިން ފޯމް ހިމެނެ އެވެ. އަދި އެވެން ބްރޭންޑްގެ އެންޓި އޭޖިން ރޭންޖުގައި ހިމެނޭ ހަންގަނޑަށް ރޫ އެރުން ހުއްޓުވައިދޭ ކްރީމްތަކާއި، އެމަލްޝަން އަދި ލޮލާއި ތުންފަތުގެ ހަންގަނޑަށް އެކަށީގެންވާ ފަރުވާތައް ލިބިދޭ އުފެއްދުންތައް ހިމެނެއެވެ. އަދި މީގެ އިތުރުން އަވެންގެ ވައިޓްނިން އެސެންސް އަކީ އެކްރީމްގެ ސަބަބުން ހަމުގެ ކުލަ އެއްވަރުކޮށްދީ މިގައި އެކުލެވޭ ތާމަލް ސްޕްރިންގް ވޯޓާގެ ސަބަބުން މޫނަށް އިތުރު އުޖާލާކަން ގެނެސްދޭނެ ޕްރޮޑަކްޓެކެވެ.

އެވެން ބްރޭންޑަކީ ޔޫރަޕްގެ ނަންބަރ ވަން ޑާމާ ކޮސްމެޓިކް ކޮމްޕެނީ ކަމުގައިވާ "ޕިއަރ ފެބަރ ޑާމަަރ ކޮސްމެޓިކް" ގެ އުފެއްދުމެކެވެ. މި ބްރޭންޑްގެ ތާމަލް ސްޕްރިންގ ވޯޓާ އަކީ ކޮންމެ ދެ ސިކުންތަކުން ޔުނިޓެއްގެ ވިޔަފާރި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރެވެމުންދާ ޕްރޮޑަކްޓެއްވެސްމެ އެވެ.

އެވެން ބްރޭންޑަކީ ހަންގަނޑަށް އެންމެ އެކަށީގެންވާ ދުޅަހެޔޮކަން ގެނެސްދޭ ކްލިނިކަލީ ޕްރޫވްކޮށްދީފައިވާ ބްރޭންޑެކެވެ. ހާއްސަކޮށް ނާޒުކު ހަންގަނޑެއް ލިބިފައިވާ މީހުންނަށް އެންމެ އެކަށީގެންވާ އުފެއްދުމެކެވެ. އަދި ޑްރައި ހަންގަނޑެއް ލިބިފައިވާ މީހުންނަށްވެސް އެކަށީގެންވާ ބްރޭންޑެކެވެ. އެވެން ބްރޭންޑުގެ ތާމަލް ސްޕްރިންގ ވޯޓަރ ސްޕްރޭ އަކީ އެންމެ ތުއްތު އުމުރުން ފެށިގެން ހުރިހާ އުމުރުފުރައަކަށް ހާއްސަ އުފެއްދުމެކެވެ. އަދި މިއުފެއްދުމަކީ ހަމުގެ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި ޑާމަޓޮލަޖިސްޓުން ލަފާދެއްވާ އުފެއްދުމެކެވެ.

އެވެން ބްރޭންޑްގެ އުފެެއްދުންތަށް މާލޭގައި ހުންނަ ޕްލާޒާ އެންޓަޕްރައިސެސްގެ އައުޓްލެޓްތަށްކަމަށްވާ ޕްލާޒާ އިންސެންސް އަދި ޕްލާޒާ ޓެކްސްޓައިލްސް އަދި އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ޕްލާޒާ އިންސެންސް ސެންޓްރޯއިންނާއި އެކުންފުނީގެ ޕާޓްނާ ހޮޓެލްތަކާއި 25 ރިސޯޓަކުން ލިބެން ހުންނާނެ އެވެ.