ހަބަރު

ބަނދެފައި އޮތް ފެހުރިއްސެއް މިނިވަން ކޮށްދީފި!

އަލީ ފެހުރިހި ސަލާމަތް ކޮށްދެނީ--

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ބަލަން އެންމެ ޝައުގުވެރިވަނީ ފެހުރީގެ ހަރަކާތްތަކެވެ. މިޔަރު އާއިލާގައި ހިމެނޭ އެކަމަކު އިންސާނުންނާ އޮޅު ކަނޑުގެ މި ދިރުމުގެ ހަރަކާތްތައް ބަލަން ކޮންމެ އަހަރަކު ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެއަށް އެތައް ހާސް ބަޔަކު އާދެ އެވެ. ރާއްޖޭގެ ފެހުރިހި ވެފައިވަނީ ގިނަ ބައެއް ލޯބިވާ އެކައްޗަށެވެ. އެކަމަކު މި ފެހުރި މި އޮތީ ބަނދެފަ އެވެ. ފަލަ ވާގަނޑަކުން ބަނދެފައި އޮންނަތާ ގިނަ ދުވަސްވީ ފެހުރިހި ސަލާމަތް ކޮށްދީފައި މިވަނީ ދިވެއްސެއްގެ ބުރަ މަސައްކަތުންނެވެ.

"އިއްޔެ ތިލަފުއްޓަށް ދާން ލޯންޗުގައި ދަނިކޮށް ފެނުނީ މާލެ އާއި ވިލިމާލެ އާ ދޭތެރެއިން. ފެހުރިހި މި ސަރަހައްދުން ނުފެންނާތީ ކައިރިކޮށްލީ. ކައިރި ކޮށްލިއިރު އޭގައި އޮތީ ބޮޑު ވަލެއް އައްސާފައި،" މާލޭގައި ހިންގާ ޓޫރިސްޓު ހޮޓަލެއް ކަމަށްވާ އޮކްޓޭވް ހޮޓެލްގެ އޮޕަރޭޝަން މެނޭޖަރު އަލީ ނިޔާޒު ބުންޏެވެ.

ފީނުމުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އަލީ ބުނި ގޮތުގައި ލޯންޗު ކައިރި ކޮށްލުމާއެކު ފެހުރިހި އައިސް ލޯންޗުގައި ލައްކޮށްލި ކަމަށެވެ.

"ހީވަނީ ސަލާމަތް ކޮށްދޭށޭ ބުނިހެން. އެހެންވެ ފުރަތަމަ ބެލީ ލޯންޗުގައި އިނދެގެން އެ ސަލާމަތް ކުރެވޭތޯ؟ އެކަމަކު އެކަމެއް ނުވި އެހެންވެ ފުންމާލައިގެން ވާގަނޑު ކަނޑާލީ،" އަލީ ބުންޏެވެ.

އަލީ ވަނީ މި މަސައްކަތް ކުރިއަށް ދިޔައިރު ވީޑިއޯ ކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފެހުރިހި ސަލާމަތް ކުރުމަށް އޭނާ ބުރަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ.

"ވަރަށް ދެރަވި އެގޮތަށް އެ އޮތީމަ. އެހެންވެ އަވަހަށް ސަލާމަތް ކޮށްދިނީ،"