ވިޔަފާރި

އެސްޓީއޯ އިން ޔޫއޭއީގެ ކިޓްކޯ ބާޒާރަށް ނެރެފި

ޔުނައިޑެޓް އެރެބް އެމިރޭޓް (ޔޫއޭއީ) އާއި މެދުއިރުމަތީގައި މަޝްހޫރު ސްނެކްސް ބްރޭންޑެއް ކަމުގައިވާ ކިޓްކޯ އެސްޓީއޯ ސުޕަމާޓުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ސުޕަމާޓުން ބުނީ ކިޓްކޯ ހަތަރު ރޭންޖްގެ 29 ވައްތަރެއް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ލިބެން ހުންނާނެ ކަމަށެވެ.

ސުޕަމާޓުގައި ވިއްކާ ކިޓްކޯ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ:

* ކިޓްކޯ ސްޓިކްސް
* ކިޓްކޯ ކެޓެލްކުކްޑް ޗިޕްސް
* ކިޓްކޯ ޕެންޑާ ހޫޕްސް
* ކިޓްކޯ ލައިޓް ޗީޒްބޯލްސް

މި އުފެއްދުންތައް ބާޒާރުގައި ލިބެންހުރި ބްރޭންޑްތަކާ އަޅާބަލާއިރު ކިޓްކޯ ބްރޭންޑް 70 އާއި 50 ޕަސެންޓާ ދެމެދު ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށާ މި ބްރޭންޑް ރަސްމީކޮށް ތައާރަފް ކުރުން އަންނަ މަހު އެސްޓީއޯ ސުޕަމާޓްގައި ބާއްވާ ޗިޕްސް އެންޑް ސްނެކްސް ފެސްޓްގައި ވަރަށް ކުލަގަދަ ގޮތެއްގައި އޮންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.