ވިޔަފާރި

ހޯމް އިމްޕްރޫވްމަންޓުން ގެސްޓް ހައުސް ޕެކޭޖްތަކެއް

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގެސްޓް ހައުސްތަކަށް ހާއްސަ ޕެކޭޖުތަކެއް ނެރެފި އެވެ. ހޯމް އިމްޕްރޫވްމަންޓުގައި ވިއްކާ ގިނަ ބާވަތްތައް ޕެކޭޖުކޮށް ނެރެފައިވާ ޕެކޭޖުގައި މި ޕެކޭޖްތަކުގެ ތެރޭގައި ތިން ކޮޓަރި އާއި ހަ ކޮޓަރި އަދި ނުވަ ކޮޓަރިއަށް ބޭނުންވާ ސާމާނުގެ ހާއްސަ އަގު ތަކެއް ހިމެނޭނެ އެވެ.

މި ޕެކޭޖުގެ ތެރޭގައި ހިމެނެނީ ޓީވީ އާއި އޭސީ އަދި ޝަވާ ހީޓާގެ އިތުރުން މިނީ ބާގެ އިތުރުން ކުލަ އެވެ.

މި ޕެކޭޖްތަކުގެ އިތުރުން ބަދިގެއަށް ބޭނުންވާ ސާމާނު އަދި ގެސްޓްހައުސްތަކަށް ބޭނުންވާނެ އިތުރު ސާމާނުގެ ޕެކޭޖެއް ވެސް ހިމެނެ އެވެ. އެއީ ރެފްރިޖަރޭޓަރާއި ގޭސް އުނދުން އަދި ދޮންނަ މެޝިން އާއި ވެކިއުމް ކްލީނަރުގެ އިތުރުން ޕަމްޕާއި އަވަންގެ އިތުރު ބަދިގެ ސާމާނު ފަދަ ބާވަތްތަކެވެ.

މީގެ އިތުރުން ވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕެކޭޖްތައް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފައިވެ އެވެ.

އެސްޓީއޯ އިން ބުނީ މި ޕެކޭޖްތަކުގެ މައިގަނޑު މަގުސަދަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ލިބެންހުރި ސާމާނު ގެސްޓްހައުސްތަކަށް ހެޔޮ އަގުތަކެއްގައި ފޯރު ކޮށްދިނުން ކަމަށެވެ.

ގެސްޓްހައުސްތަކަށް ހާއްސަ ޕެކޭޖުތަކެއް އެސްޓީއޯ އިން ހެދިއިރު، އެ ކުންފުންޏަކީ ހިޓާޗީ އާއި ފިލިޕްސް އަދި މަކިޓާގެ އިތުރުން ނިޕޯން އާއި ޓެކްނޯ އަދި ކޯނޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.