ވިޔަފާރި

ދަމާސް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރޯދަ މަހާއި ދިމާކޮށް ދަމާސްގެ ފަރުނީޗަރު ފިހާރަތަކުން ކުރިއަށް ގެންދިޔަ "ދަމާސް ރަމަޒާން ވާއު ސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މި އަހަރުގެ އޭޕްރިލް އެކަކުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަން ދަމާސްގެ އިންޑެކްސް ފަރުނީޗަރު، ދަމާސް ފަރުނީޗަރު އަދި އެޓޯލްސް ފަރުނީޗަރުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ޕްރޮމޯޝަންގައޮ ބައިވެރިވެވެނީ 500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކޮށްގެންނެވެ.

އެ ޕްރޮމޯޝަންގެ އެއް ވަނަ އަށް ގުރުއަތުން ހޮވޭ ފަރާތަކަށް ކަނޑައަޅާފައިވަނީ ހޮންޑާ ސްކޫޕީ ސައިކަލެކެވެ. އެ އިނާމް ލިބުނީ އެޓޯލްސް ފަރުނީޗަރުން ވިޔަފާރިކޮށް ޕްރޮމޯޝަންގައި ބައިވެރިވި ފަރާތެއް ކަމަށްވާ އަމާނީ އަށެވެ. އަދި ދެވަނަ އިނާމަށް ކަނޑައަޅާފައިވާ ޑިއުރޯފްލެކްސް ގޮދަޑި ލިބިފައިވަނީ ޔަޒްމީދް އަށެވެ. އަދި ތިން ވަނައަށް ކަނޑައަޅާފައިވާ ސޯފާ ބެޑް ލިބިފައިވަނީ މަރިޔަމް އަށެވެ.

އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ތިން ފަރާތަަކީވެސް އެޓޯލްސް ފަރުނީޗާ އިން ވިޔަފާރިކޮށް ޕްރޮމޯޝަންގައި ބައިވެރިވެފައިވާ ފަރާތްތަކެކެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ ސްޕާޓް މޯޓާސް އާ ގުޅިގެންނެވެ.

އެ ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް ދަމާސްގެ ފިހާރަތަކުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.