ހަބަރު

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ބޮޑު ކުރަން އެ ކުންފުނިން ނިންމައި އެ ބަދަލު މިއަދު ގެނެސްފި އެވެ. އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މިއަދުން ފެށިގެން ޑީސެލް ލީޓަރަކުން 0.53 ލާރި އަގު ބޮޑުވާނެ ކަމަށާއި އަދި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑު ވާނެ ކަމަށެވެ.

އެގޮތުން ޑީސެލް ލީޓަރެއްގެ އަގު މިހާރު ހުންނާނީ 9.17 ރުފިޔާއަށް ކަމަށާއި ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 9.52 ރުފިޔާއަށް ކަމަށެވެ.

މި އަހަރުގެ މެދު ތެރޭގައި ތެލުގެ ޑިއުޓީ ކުޑަ ކުރުމާއެކު، އެސްޓީއޯއިން ވިއްކާ ޑީސަލް ލިޓަރަކުން 51ލ. އަދި ޕެޓްރޯލް ލިޓަރަކުން 30ލ. ވަނީ ހެޔޮކޮށްފަ އެވެ. އެއާއެކު ޑީސެލް ލީޓަރެއް ވިއްކަމުން އައީ 8.44ރ. އަދި ޓްރޯލް ލިޓަރެއް ވިއްކަމުން އައީ 8.65ރ. އަށެވެ. އޭރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއް ލިބެން ހުރީ 44.74 ޑޮލަރަށެވެ.