އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް ގޯޅިން އަޅަން އުޅުމުގެ ތެރޭގައި އެމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެެވެ. އެ އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓް ވެފައިވަނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނަށެވެ.
ގޯޅިން އަޅަން އުޅުނު ސައިކަލުގައި ތިބި ދެ އަންހެނުންގެ ތެރެއިން ފަހަތުގައި އިން އަންހެން މީހާގެ ބޯ ފަަޅައިގެން ގޮސް، މޫނަށް އަނިޔާތަކެއް ވެފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އެ މީހުންގެ ހާލު ސްޓޭބަލް ކަމަށެވެ.