މާރާމާރީ ހިންގުން

އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި

އައްޑު އަތޮޅު ހިތަދޫގައި ގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ އައްޑޫގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 10:15 ހާއިރު ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ނުލިބޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މާރާމާރީގައި ދެ މީހުންނަށް އަނިޔާވި ނަމަވެސް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެކަކަށް ކަމަށެވެ.

އެ މާރާމާރީއަކީ އުމުރުން 17 އަހަރުގެ ދެ ކުދިންގެ ދެމެދުގައި ހިނގި މާރާމާރީ އެއް ކަމަށެވެ.