ފޭރުން

ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

Oct 9, 2017

މާލޭގެ މަގުމަތިން ހިނގާފައިދިޔަ ބިދޭސީއެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެކެވެ.

އެ ދެމީހުން ހައްޔަރު ކުރީ މާލޭގެ "އޮފްރޯޑް" ކައިރިން ބިދޭސީއެއްގެ އަތުން ފޯނަކާއި ވޮލެޓެއް ފޭރިގެންފައިވާކަމަށް، ރިޕޯޓް ކުރުމާ ގުޅިގެނެވެ. މާލޭގައި ބިދޭސީންގެ އަތުން ފޭރުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ.