ފޭރުން

ބިދޭސީ އެއްގެ އަތްދަބަސް ފޭރިގެންފި

Jul 24, 2019

ބިދޭސީ އެއްގެ އަތްދަބަސް ފޭރިގަތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، މިރޭ 7:20 އެހާކަންހާއިރު ވީބީ މާޓް އާއި ސޮނީ ހާޑްވެއާ އާއި ދެމެދު އޮންނަ ނޫރާނީ ގޯޅީގައި ހުރި ބިދޭސީ އެއްގެ އަތްދަބަސް މީހަކު ފޭރިގަނެގެން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި، އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ބިދޭސީން އަތުން ރުފިޔާ އާއި އެހެނިހެން ތަކެތި ފޭރުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ. އަދި ހާއްސަކޮށް މި މައްސަލަ މާލޭގައި ވަރަށް ގިނަ އެވެ.