ހަބަރު

ބިދޭސީއަކަށް ހަމަލާދީ ވޮލެޓް ފޭރިގެންފި

Apr 8, 2020
1
ހދ. ކުޅުދުއްފުށި ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް: އެރަށުގައި މަސައްކަތްކުރާ ބިދޭސީއަކަށް ހަމަލާދިނުމަށްފަހު އޭނާގެ ވޮލެޓް ފޭރިގެންފައިވޭ
50%
0%
50%

ބިދޭސީއަކަށް ހަމަލާ ދިނުމަށްފަހު އޭނާގެ ވޮލެޓް ފޭރިގެންފި އެވެ.

ފޭރިގެންފައި ވަނީ ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ވޮލެޓެވެ. ފުލުހުން ބުނީ ރޭ 10:30 އެހާކަންހާއިރު ކުޅުދުއްފުށީގައި ބަންގަލަދޭޝް ފިރިހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް މޫނު ނިވާކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ދަނޑިބުރިއަކުން އޭނާއަށް ހަމަލާދީ ވޮލެޓް ފޭރިގެންފައިވާ ކަމަށެވެ.

މި މާރާމާރީގައި ބިދޭސީ މީހާގެ ވާތްފަރާތު ބުމައިގެ މަތިން އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވެ އެވެ. އަދި އެމިހާގެ ކަނާތަށްވެސް އަނިޔާވެފައިވެ އެވެ.

އެ މީހާއަށް ފަރުވާ ދެމުން އަންނަ އިރު މި މައްސަލައާއި މިހާތަަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފަހަކަށް އައި ބިދޭސީންނަށް ހަމަލާ ދިނުން ވަނީ އިތުރުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަޔާން

އެހެންނު ވާނީ؟ އެންމެފަހުން ތިގޮތަށް މީހަކަށް ހަމަލާދީގެން ފުލުހުން ހައްޔަރު ކޮށްގެން ގެންދިޔަ މީހާވެސް ކޯޓުން ހަމަ ހެވިފަ ތިބެގެން ދޫކޮށްލި. މަ ބުނާނީ އެއީ ހަމަ ތިފަދަ ކަންކަމަށް ހިއްވަރު ދިނުމުގެ ގޮތުން ކުރާ ކަންތަކޭ. މިހެން ބުންޏަސް ބުނާ މީހާ ކުށްވެރި ވާނީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345