ފޭރުން

ބިދޭސީއެއްގެ އަތުން ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

Sep 5, 2019

ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ މަސައްކަތެއް ދޭނެ ކަމަށް ބުނެ ގެއަށް ވައްދައި އޭނާގެ އަތުން 520 ރުފިޔާ ފޭރިގަތް މައްސަލައެއް ހުށަހަޅައިގެން ކަމަށެވެ.

އެ ދެ މީހުން ގަލޮޅުގެ ގެއަކަށް ވައްދާފައި ވަނީ ބަންގްލަދޭޝްގެ މީހެކެވެ، މިއަދު ހެނދުނު ހިނގި އެ ހާދިސާގެ މައްސަލަ ދަނީ ބަލަމުންނެވެ.