ތިމާވެށި

އޭއޯސިސް ބައްދަލުވުން ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

Oct 10, 2017
ނައިބު ރައީސް އަބްދުﷲ ޖިހާދު: އޭއޯސިސްގެ ބައްދަލުުވުން މިއަދު އިފްތިތާހުކޮށް ދެއްވެވި
0%
0%
0%

ކުދި ޖަޒީރާ ގައުމުތަކާއި ބިންތިރި ގައުމުތައް ބައިވެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާ (އޭއޯސިސް)ގެ ގައުމުތަކުގެ ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރުންގެ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު އިފްތިތާހު ކޮށްދެއްވައިފި އެވެ. ދެ ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މިނިސްޓަރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުންނާއި ބޭރުގެ މަންދޫބުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވާ ނައިބު ރައީސް ވަނީ އޭއޯސިސްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާއްވާލައްވާފަ އެވެ. ވިދާޅުވީ ޕެރިސް އެގްރީމަންޓް ވުޖޫދަށް އައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އޭއޯސިސް ކަމަށެވެ. އިތުރަށް ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 2020 ގެ ނިޔަލަށް އިތުރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަކީ ހަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަ ނިސްބަތުން އެންމެ ބޮޑު ގައުމުތަކަށް ވުމަކީ ކުދި ޖަޒީރާ ގައުމުތަކުގައި ބޭނުންކުރާ ހަކަތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

އޭއޯސިސްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖޭގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ އޭއޯސިސް އާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އާއި ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345