ވިޔަފާރި

އެސްޓީއޯއިން "ކޯނޭ" ބްރޭންޑްގެ ލިފްޓް ވިއްކަން ފަށައިފި

ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގައި ލިފްޓް ހަރުކުރަން މަޝްހޫރު "ކޯނޭ" ކުންފުނިން އެސްޓީއޯއާ ގުޅި، ރާއްޖޭގައި އެ ކުންފުނީގެ އުފެއްދުންތައް ވިއްކަން އެއްބަސްވެއްޖެ އެވެ.

"ހޮޓެލް ޖެންގައި" މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޯނޭ ބްރޭންޑުގެ އެލަވޭޓަރު ރާއްޖޭގައި ވިއްކަން ފެށުން ރަސްމީކޮށް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ދުނިޔޭގެ މަޝްހޫރު އިމާރާތްތައް ކަމަށްވާ މައްކާގެ ޖިއްދާ ޓަވަރާއި މައްކާގެ ރޯޔަލް ކްލޮކް ޓަވަރުގައި ވެސް ލިފްޓް ހަރުކޮށްފައިވާ ކޯނޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑަގްލަސް ޕޭ ވިދާޅުވީ އެސްޓީއޯއާއެކު މަސައްކަތް ފެށުމަކީ އެ ކުންފުނީގެ ވިޔަފާރީގައި ހުޅުވުނު އާ ބާބެއް ކަމަށެވެ.

"އެސްޓީއޯއިން މީގެ ކުރިންވެސް ވާނީ މުހިންމުކަން ބޮޑު ގިނަ ހިދުމަތްތަކެއް ގެނެސްދީފަ. ލަފާޖު ސިމެންތިއާއި ޓިނު ހިމެނޭ. މީގެ ފަހުން ގެނެވިފައިވަނީ ޕަވާމިކްސް ސިމެންތި. މީގެ ޑިމާންޑުވެސް ބޮޑު،" ޝަހީރު ވިދާޅުވި އެވެ.

ސަތޭކަ އަހަރުވެފައިވާ ކުންފުނީގެ އެމްޑީ ޑަގްލަސް ވިދާޅުވީ އެ ކުންފުނީގެ އެލަވޭޓަރުތަކަކީ ދުނިޔޭގެ 140 ގައުމެއްގައި ބޭނުންކުރާ މީހުންގެ އިތުބާރު ލިބިފައިވާ އެއްޗެއް ކަމަށެވެ.

"އެލަވޭޓާ ހިދުމަތަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި 470 އަށްވުރެ ގިނަ ތަންތަނުގައި ހަރުކުރެވޭ،" ޑަގްލަސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ދިވެހިންނަށް ފެންވަރު ރަނގަޅު، ހިދުމަތްތަކާއި އުފެއްދުންތައް ގެނެސް ދިނުމަށް ކަމަށެވެ. މިގޮތުން ކޯނޭގެ މި އުފެއްދުމުގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް އިތުރު އެހީއަކަށްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެސްޓީއޯއިން މީގެ ކުރިންވެސް ވާނީ މުހިންމުކަން ބޮޑު ގިނަ ހިދުމަތްތަކެއް ގެނެސްދީފަ. ލަފާޖު ސިމެންތިއާއި ޓިނު ހިމެނޭ. މީގެ ފަހުން ގެނެވިފައިވަނީ ޕަވާމިކްސް ސިމެންތި. މީގެ ޑިމާންޑުވެސް ބޮޑު،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއެކު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވި ފިންލެންޑުގެ ކޯނޭ ކުންފުންޏަށް އަހަރުގެ އާމްދަނީ އަށް ބިލިއަން ޑޮލަރަށްވުރެ އިތުރެ އެވެ. އަދި މި ކުންފުނިން ލިފްޓް ބަހައްޓާފައިވާ މަޝްހޫރު ތަންތަނުގެ ތެރޭގައި ސިންގަޕޫރުގެ މެރީނާބޭ އާއި އަލް ހަރަމް އަދި ޗައިނާގެ ޝެންޒެން ރެއިލްވޭ ސްޓޭޝަން ހިމެނެ އެވެ.