ލައިފްސްޓައިލް

"ދިވާސް"ގައި ދައްކާލާނީ ހަމައެކަނި ހެދުމެއް ނޫން

އަންނަ ހޮނިހިރު ދުވަހުގެ ރެޔަކީ އާދައިގެ ރެއެއް ނޫނެވެ. އެއީ އާޓްސް އެންޑް އެންޓަޓެއިންމަންޓް ދާއިރާ އާއި ފެޝަން އަދި މޮޑެލިންގެ ދާއިރާ ކުރިއަރުވަން ޒުވާނުންތަކެއް އިސް ނަގައިގެން "ދިވާސް" ގެ ނަމުގައި ހަދާފައިވާ ކުންފުނިން އެކުންފުނީގެ މޮޑެލުން ތައާރަފްކޮށް ދައްކާލާ ރެ އެވެ. ސްޓޭޖަކަށް މޮޑެލުންތަކެއް ރީތި ހެދުންތަކެއްގައި އަރާ، ފަރި ހިނގުމެއް ހިނގާލާ ހިސާބުން އެރޭގެ ހަފްލާއެއް ނުނިމޭނެ އެވެ.

ލަވަޔާއި ނެށުމާއި ޑީޖޭ ވެސް އެރޭ އޮންނާނެ އެވެ. އެގޮތުން ޓްރައިބް ބޭންޑާއި ހަދީޖާ މުހައްމަދު (ރިޒޫ) ގެ ލަވަތަކެއް އަޑު އިވޭނެ އެވެ. މީގެ އިތުރުން މަރިޔަމް އައްޒަގެ ނެށުމުގެ ހުނަރު ވެސް ފެނިގެންދާނެ އެވެ. އަދި އަދި ޑީޖޭ ނާޒިއާގެ ޕާފޯމަންސް ވެސް ލިސްޓުގައި ހިމަނާފައިވެއެވެ.

އެ ޝޯގައި ދިވާސްގެ 22 މޮޑެލުން ތައާރަފް ކުރާއިރު ޝޯގައި ދިވެހި ހަ ޑިޒައިނަރެއްގެ އަމިއްލަ ޑިޒައިންތައް ދައްކާލާނެ އެވެ. އޭގެ ތެރޭގައި ދާއިރާގައި ތަޖުރިބާހުރި އަދި މަޝްހޫރު ޑިޒަނަރުންނާއި އާ ޑިޒައިންރުންގެ ހެދުންތައް ހިމެނެ އެވެ. އެ ޑިޒައިނަރުންނަކީ އިބްރާހިމް އަލީ (އިބޫ) އާއި އައިމިނަތު ވިލީނިޔާ، ނާޒިއާ، ފާތުން، ފާތިމަތު ފަލަކް އަދި އިސްމާއިލް ޖުމައިހް ޖުމައިހް އެވެ. އިބޫ، ނާޒިއާ އަދި ޖުމައިހް އަކީ މިހާރުވެސް ދާއިރާގައި މަގުބޫލު މޫނުތަކެކެވެ. މީގެ އިތުރުން ފަލަކް އަދި ފާތުންނަކީ ވެސް އެހެނިހެން ޝޯތަކުގައި ރީތި ހެދުންތަކެއް ދައްކާލާފައިވާ ފަރާތްތަކެކެވެ.

ދިވާސް ޝޯ 2017" ގެ ޓިކެޓު މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަންނަނީ ވިއްކަމުންނެވެ. ޓިކެޓެއްގެ އަގަކީ 888ރ. އެވެ. އެ ޝޯގެ ޓިކެޓް ޕީއެސްއެމްގެ މާލްދީބް އައުޓްލެޓުންނާއި، އީވް ގާމެންޓުންނާއި، ޝްވެކް ސިނަމާ، ހީޓް އެންޑް ފިޓްނެސް ސެލޫން، ނޮވެލްޓީ ބުކްޝޮޕް އަދި ޖޭޑް ކެފޭ އިން ލިބެ އެވެ.

މީގެ އިތުރުން ދިވާސްގެ ފޭސްބުކް ޕޭޖާއި ހޮޓްލައިން، 7448441 އަދި 9149113 ނަމްބަރަށް ގުޅައިގެން ވެސް ގަނެވެ އެވެ.

ދިވާސްގެ ޕްރީ އެޑްވަޓައިޒިންގެ ގޮތުގައި މިދިޔަ މަހު ކުރިއަށް ގެންދިޔަ މެރިން އެކްސްޕޯގެ މެރިން ވޯކްގައި ދިވާސްގެ 14 މޮޑެލް އެއް ވަނީ ދައްކާލާފަ އެވެ.

ދިވާސް އިން މިހާރު އަންނަނީ މޮޑެލުން ޓްރެއިންވެސް ކުރަމުންނެވެ. އެގޮތުން ޕްރެކްޓިކަލް ސެޝަންތަކާއި ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް ޖިމްގައިވެސް ދަނީ ޓްރެއިނިން ތަކެއް ދެމުންނެވެ.

ދިވާސް ޝޯގެ މަގުސަދަކީ އެޑްވަޓައިޒިން ދާއިރާ އަށާއި މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް އަދި އެ ދާއިރާތަކަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮފެޝަނަލް ޓްރެއިނިންތަކާއި، އެ ފަރާތްތައް މެނޭޖުކޮށް، އެޑްވަޓައިޒިން، މާކެޓިން އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެކުދިން ރީޓޭން ކުރުމެވެ. އެގޮތުން މީޑީއާގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ދިވަސް އިން ވަނީ ނިންމާފަ އެވެ. އަދި އެ ފަރާތްތަކަކީ މުޖުމަތަމު ބަލައިގަންނަ އަދި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހެދުމަށް ދިވާސް އިން މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން މޮޑެލިން އަދި ފެޝަންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިވެންޓުތައް ބާއްވާ އެ ދާއިރާތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ އެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތައް އުފައްދާ އެ އުފެއްދުންތައް ފަތުރުވެރިންނަށް ފެންނާނެ ކަހަލަ ހާއްސަ ހަރަކާތްތަކެއްވެސް ދިވެސް އިން އަންނަނީ ރާވާ އިންތިޒާމު ކުރަމުންނެވެ.

ދިވާސް ޝޯގެ އިވެންޓް އޯގަނައިޒަރަކީ ސްޓޭޖް ކޯ އެވެ. ކޯ ސްޕޮންސަރަކީ ބްލެކް އެވެ. ޑިޒައިން އެންޑް ޑިޖިޓަލް މާކެޓިން ޕާޓްނަރަކީ ޒޯ އާޓްސް އެވެ. މީޑީއާ ޕާޓްނަރަކީ އަވަސް އޮންލައިން އަދި ޕީއެސްއެމް އެވެ. ފިޓްނަސް އެންޑް ހެލްތު ޕާޓްނަރަކީ ހީޓް ފިޓްނަސް އެވެ. އަދި ޕްރިންޓިން ޕާޓްނާގެ ގޮތުގައި ކަނޑައަޅާފައިވަނީ ނޮވެލްޓީ އަދި ގާމެންޓް ޕާޓްނަރަކީ އީވް ގާމެންޓްސް އެވެ. ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮކާ ކޯލާ އެވެ. ކޭޓަރިން ޕާޓްނާ އަކީ ރެޓްރޯ ކެފޭ އެވެ. ސެޓަޕް ޕަޓްނާގެ ގޮތުގައި ޝޭޑީ ކެބިން އެވެ. ސެކިއުރިޓީ ޕާޓްނާއަކީ ގޭޖް ޕްރައިވެޓް ލިމިޓެޑް އެވެ. ޝޫ ޕާޓްނާ އަކީ ޑްރީމްސް ހޯލްޑިން އަދި ފެރާޖް އެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ގޭޓްވޭ މޯލްޑިވްސް، ބްލަކް، ޝްވެކް މޯލްޑިވްސް، ހައިރައިޒް އަދި މާ ކޮމް އެވެ.