ހަބަރު

ވާދޫ ރިސޯޓު ފަރަށް ދޯންޏެއް އަރައިފި

ކ. ވާދޫ ރިސޯޓު ކައިރީ އޮތް ފަރަށް ދޯންޏެއް އަރައިފި އެވެ. އެ ސަރަހައްދުގައި މެރިން ޕޮލިހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ފަރުމަހަށް ނުކުމެ އުޅުނު "ރޯޔަލް އަލްފާ" ދޯންޏެއް ކަމަށެވެ. ފަރަށް އެރި އިރު ދޯނީގައި ތިބީ 11 މީހުން ކަމަށާއި އޭގެ ތެރޭގައި އަންހެނަކުވެސް ހުރި ކަމަށެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ. އަދި ދޯނި އަޑިއަށް ދިއުން ކަހަލަ ކަމެއްވެސް މެދުވެރިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ސިފައިން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:26 ގަ އެވެ. ދޯނީގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މީހުން ދޯންޏަށް އަރުވަމުންދަނީ ވަލެއްގެ އެހީގައި ކަމަށާއި ދޯނި އޮތީ ވަރަށް ބޮޑަށް ފަރަށް އަރާފައި ކަމަށެވެ.

ދޯނީގެ ވެރިފަރާތުން ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ދޯންޏަކީ 40 ފޫޓުގެ ދޯންޏެެކެވެ.