ޒަކާތް

މުދަލު ޒަކާތުގެ ނިސޯބު މަތިކޮށްފި

Oct 17, 2017
1

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބު އަނެއްކާވެސް ކުޑަ ތަންކޮޅެއް މައްޗަށް ޖައްސައިފި އެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބު ކަމަށް ހަމަޖައްސާފައި އޮތީ 4،944.45ރ. އެވެ. މިއަދު އިސްލާމިކު މިނިސްްރީން ބުނީ މި އޮކްޓޫބަރު މަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 4950.40ރ. ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 5،777.45ރ. އެވެ.

މި އަހަރުގެ މުދަލުގެ ޒަކާތުގެ ފައިސާއިން ފަގީރުންނާއި މިސްކީނުންނަށް ވާ ބައި މާލޭގައި މިހާރު ވަނީ ބަހަން ފަށައިފަ އެވެ. މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 11 މިލިއަން ރުފިޔާ ބެހި އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.