އިދިކޮޅު ފަރާތްތައް

އިދިކޮޅުން ޑރ. މުނައްވަރާ ބައްދަލުކުރައްވައިފި

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ލީޑަރުން ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.މުހައްމަދު މުނައްވަރާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ޑރ. މުނައްވަރާއެކު ކާމިޔާބު ބައްދަލުވުމެއް މިއަދު ބޭއްވިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރިޔާޒުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ދަރިކަނބަލުން ޔުމްނާ މައުމޫނާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމާލުއްދީން ބައިވެރިވަޑައިގަތެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ޑރ. މުނައްޗަރާ ބައްދަލު ކުރެއްވި އިރު ރައީސް މައުމޫން މިވަގުތު ހުންނެވީ އަމިއްލަ ދަތުރު ފުޅެއްގައި މެލޭޝިޔާއަށް ވަޑައިގެންނެވެ. އަދި އެމަނިކުފާން އެނބުރި ރާއްޖެ އައުމަަށް ނިންމާފައި ވަނީ އަންނަ ހަފްތާގެ ތެރޭގަ އެވެ. ގާސިމް އިބްރާޙިމް ވެސް މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވެ. ރައީސް ނަޝީދު ވެސް ދިރިއުޅުއްވަނީ ބޭރުގަ އެވެ.