ވެމްކޯ

ވެމްކޯއިން 10 ބުރީގެ އިމާރާތެއް ޑިޒައިން ކުރާނެ ބަޔަކު ހޯދަނީ

Oct 19, 2017
4

ސަރުކާރުގެ ކުނި މެނޭޖް ކުރާ ކުންފުނި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން އަޅަން ބޭނުންވާ 10 ބުރީގެ އިމާރާތެއްގެ ޑިޒައިން ހަދައިދޭނެ ފަރާތެއް ހޯދަން ފަށައިފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ 10 ބުރީގެ އެ އިމާރާތަކީ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރާނެއޮފީހެއް ގޮތުގައި ބޭނުންކުރާނެ 10 ބުރީގެ ޢިމާރާތެއް ކަމަށާއި އެ އިމާރާތުގެ ޑީޓެއިލްޑް ޑިޒައިނެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ދިހަ ބުރީގެ އުސް މި އިމާރާތް އަޅަ ތަނާއި އެހެން ވެސް ތަފުސީލުތައް އާންމުކޮށްފައެއް ނުވެއެވެ.

މި މަސައްކަތުގެ ބީލަން ހުށަހެޅެނީ މަޢުލޫމާތު ދިނުމުގެ ފަހި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. އެ ބައްދަލުވުމަށް ހާޒިރު ނުވެ، ހުށަހަޅާ ޕްރޮޕޯޒަލް ބަލައެއް ނުގަނެ އެވެ.

މައުލޫމާތު ސާފުކުރުމުގެ ފަހި ދުވަސް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ވެމްކޯގެ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާގަ އެވެ.

ވެމްކޯއިން އިން ވަނީ ރާއްޖޭގައި ހާއްސަކޮށް މާލޭގައި ކުނި މެނޭޖު ކުރުމަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ނަމަވެސް 10 ބުރީގެ އިމާރާތެއް އަޅާ ވާހަަކަ މީގެ ކުރިން ބުނެފައެއް ނުވެއެވެ.