ހަބަރު

އައްޑޫގައި އަޅާ ހޮސްޕިޓަލަށް ތަކެތިި ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް، ޑެލިވާ ކޮށް ،އިންސްޓޯލް ކޮށް، އަދި ކޮމިޝަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް -/1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަތުން މިއަދުން ފެށިގެން އަންނަ މަހުގެ 12 ގެ ނިޔަަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00އަށް މި މިނިސްޓްރީގައި ކުރިއަށް ދާނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އަންނަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރު އެކެއް ޖެހުމުގެ ކުރިން [email protected] އަދި ކޮޕީއެއް [email protected] ފޮނުވަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޕްރީ-ކޮލިފިކޭޝަން ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައިވާ ކަމަށާއި ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެ އެވެ.

އައްޑޫ ސިޓީގައި ހަދާ 100 އެނދުގެ އެ ތާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތްވެސް ލިބޭނެ އެބެ.