ވިޔަފާރި

އެމް-ފައިސާއާއެކު އުރީދޫއަށް ބޭރުގެ ދެ އެވޯޑެއް

އުރީދޫ މޯލްޑިވްސް އިން ތައާރަފުކުރި، އެމް-ފައިސާ އަށާއި، އެ ކުންފުންޏަށް ބައިނަލްއަގުވާމީ ވިޔަފާރީގެ ދެ އެވޯޑެއް ލިބިއްޖެ އެވެ.

އުރީދޫ އަށް ލިބިފައިވަނީ އަހަރުގެ އެންމެ އީޖާދީ ކުންފުނި [2،500 މުވައްޒަފުންނާއި ހަމަ އަށް] އަށްދޭ އެވޯޑާއި، އަހަރުގެ އެންމެ މޮޅު އާ ހިދުމަތް [ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއާ] ގެ ގިންތިން އެމް-ފައިސާ އަށް ލިބުން އެވޯޑެވެ.

ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސްއިން އުރީދޫއަށް މި އެވޯޑުތައް ލިބިފައިވަނީ 21 ފަނޑިޔާރުންނާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އެގްޒެކެޓިވުން ބައިވެރިވުމާއެކު، 60 އަށް ވުރެ ގިނަ ގައުމުތަކުގެ ތަފާތު އިންޑަސްޓްރީތަކުން 3،900 އަށްވުރެ ގިނަ ކުންފުނިތަކާ ވާދަކޮށްގެންނެވެ.

ބޭރުގެ ދެ އެވޯޑާ ބެހޭ ގޮތުން، އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އީޖާދީ ކުންފުންޏެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ބަލައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އައު ފުރުސަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް. ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވުނު މޯބައިލް ފައިނޭންޝަލް ހިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ހިދުމަތެއް. މި ޚިދުމަތް ކުރިއަރަމުންދާ ދުވެއްޔާއި މެދު އަޅުގަނޑުމެން ނުހަނު އުފާކުރަން، އަދި މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ނަޖީބު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އައު ފުރުސަތުތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަންދޭ ކަމެއް. ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވުނު މޯބައިލް ފައިނޭންޝަލް ހިދުމަތެއް ކަމަށްވާ އެމް-ފައިސާއަކީ އެފަދަ އީޖާދީ ހިދުމަތެއް
އުރީދޫގެ ސީއީއޯ ނަޖީބު ހާން

"އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. ދިވެހިރާއްޖެއަށް އާ ހިދުމަތެއް ތަޢާރަފްކުރި ކަމުގައިވިޔަސް، ނުވަތަ އަޅުގަނޑުމެންގެ 4G+ ނެޓްވޯކް އެންމެ 17 ދުވަސް ތެރޭ ފުރިހަމަކުރުން ކަމުގައިވިޔަސް، އިޖުތިމާޢީ ކުރިއެރުމަށް ލިބޭ ކޮންމެ ފުރުޞަތަކާއިއެކު އަޅުގަނޑުމެންގެ މުވައްޒަފުން އިތުރު ހިތްވަރަކާއި އެކު މަސައްކަތްކުރުމުގައި ތިބެނީ ތައްޔާރަށް."

އުރީދޫން ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސް ވަނީ ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަލުވި ކުރިއެރުންތަކެއް ހޯދާފަ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިވާ މިފަދަ މަސައްކަތްތަކުގެ ތެރޭގައި އުރީދޫގެ ނޭޝަން ވައިޑް ސަބްމެރިން ކޭބަލްގެ ޚިދުމަތް، މުޅިރާއްޖެ އަށް 4G+ ނެޓްވާކް ފުޅާކުރުން، މުޅި ދުނިޔެއަށް މަގުބޫލު ޚިދުމަތްތައް ކަމަށްވާ އެމް-ފައިސާ، ސްމާޓް ކެމްޕަސް، އުރީދޫ ބިޒްނަސް، އަދި ދާދި ފަހުން ތަޢާރަފްކުރެވުނު ފަސޭހަ ބްރޯޑްބޭންޑް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ހިމެނެއެވެ.

ޑިޖިޓަލް މޯލްޑިވްސް އިނީޝިއޭޓިވްއާއެކު 2015 އިން ފެށިގެން އުރީދޫ މޯލްޑިވްސް ދަނީ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ފުރިހަމަ އައިސީޓީ ކުންފުންޏަކަށް ބަދަލުވަމުންނެވެ. ކުންފުނީގެ ޑިޖިޓަލް ސްޓްރެޓެޖީ އަމާޒުކޮށްފައިވަނީ ޓެކްނޮލޮޖީ މެދުވެރިކޮށް ޢާއްމު އިޖުތިމާއީ ކުރިއެރުމަށާއި، ތަޢުލީމު، ސިއްހަތު، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ކުރިއެރުވުމަށެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ޢާއްމު އިޖުތިމާއީ ހާލަތަށް އެކަށޭނަ ބަދަލެއް އައިސްފައިވާއިރު އުރީދޫގެ އަމާޒަކީ ޓެކްނޮލޮޖީގެ ފުރިހަމަ މަންފާ މުޖުތަމަ އަށް ފޯރުކޮށްދިނުމެވެ.