މިހާރު ކުރިއަށްދާ އެސްއެސްސީ އިމްތިހާނާމެދު ޝައްކު ތަކެއް އުފެއްދުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ހަތަރު މީހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފި އެވެ. މިއީ މި މައްސަލައާ ގުޅިގެން ފުލުހުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
މި މައްސަލަ ހުށަހަޅާފައިވާކަން މީގެ ކުރިން ހާމަ ނުކޮށް މިއަދު އެ އިދާރާގެ މީޑިއާ ވައިބާ ގްރޫޕް މެދުވެރިކޮށް ބުނީ އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ފުލުހުން އެހެން ބުނި އިރު އެސްއެސްސީ އިމްތިހާނުގެ އިސްލާމް ޕޭޕަރާމެދު މައްސަލަތަކެއް އުފެދި ޓީޗަރުންތަކެއްވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ.
އެސްއެސްއީ އަދި އެޗްއެސްއީ އިމްތިހާނުގެ އިސްލާމް ޕޭޕަރު ތައްޔާރު ކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެ ކަން މީޑިއާ އާއި އާންމުންގެ ސަމާލުކަމަށް ގެނައި އިސްލާމް ދެ ޓީޗަރަކު ވެސް މާކު ކުރުމުގައި ބައިވެރި ނުވެވޭ ގޮތަށް އެކަހެރިކޮށްފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އަވަސް އަށް މައުލޫމާތު ދިން ޓީޗަރު ބުނީ ޕޭޕަރު ތައްޔާރުކުރުމުގައި ބައިވެރިވި މުދައްރިސުން މާލޭގެ ސްކޫލްތަކަށް ގޮސް ކުދިންނަށް ވޯކްޝޮޕްތައް ހިންގުން އަދި ޓިއުޝަންވެސް ދީފައިވާ ކަމަށާއި އަދި ކުދިންނަށް ދިން ސުވާލުތައް އިމްތިހާނުގައި އައިސްފައި ހުރި ކަމަށެވެ. އަދި ސީއެޗްއެސްއީ ގެ ދަރިވަރުންނަށް އެޗްއެސްސީ އިމްތިހާނަށް ދަސްކުރަން ވަކި ފިލާވަޅުތަކެއް ފާހަގަކޮށްފައި ދެއްކި ކަމަށް ދަރިވަރުން ބުނި ކަމަށް ވެސް އެ ޓީޗަރު ތުހުމަތުކުރި އެވެ.
އެ މައްސަލަ އާއި ގުޅިގެން ޕޭޕަރު މާކު ކުރަން ނުދާނެ ކަަމަށް ބުނެ 90 އިސްލާމް ޓީޗަރަކު ސޮއިކޮށް ޕެޓިޝަނެއް ހަދާފައިވާ ކަމަށް ވެސް ސަސްޕެންޑުކުރި ޓީޗަރަކު ވަނީ ބުނެފަ އެވެ. ދެ ޓީޗަރުން ސަސްޕެންޑު ކުރި ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑައިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބް އިއްޔެ، "އަވަސް"އަށް ވިދާޅުވީ ޕޭޕަރު މާކް ކުރާނެ ޓީޗަރުން އަދި ކަނޑަނާޅާ ކަމަށެވެ. އަދި ޕޭޕަރު މާކް ކުރާނެ ޓީޗަރުން ކަނޑައަޅާނީ މިހަފްތާ ކުރިއަށް ގެންދާ ވޯކްޝޮޕަކަށް ފަހު ކަމަށް ޝަކީބް ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރިން ބުނެފައިވަނީ ޕޭޕަރު ލީކުވުން ކަހަލަ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށެވެ. އަދި އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރުކޮށް ޖަވާބު ކަރުދާސް ބެލުމުގެ ކަންކަން ބަލަހައްޓަނީ އިމްތިހާނުގެ ކަންކަން ބަލަހައްޓަން ކަނޑައަޅާފައިވާ ހާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.މި