ކުޅިވަރު

ނިއު އަކީ އަދިވެސް ޓޮޕް ފޭވަރިޓެއް ނޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގް ޓޮޕް ފޭވަރިޓަކީ ނިއު ރޭޑިއަންޓް ކަމަށް ބުނަން އަދިވެސް ނޭންގޭ ކަމަށް އެ ޓީމު ކޯޗް ސްޕެއިންގެ އޮސްކާ ބުރުޒޮން ބުނެފި އެވެ.

އޮސްކާ ބުނީ، ލީގް ކާމިޔާބު ކުރުމުގެ ރޭހުގައި ޓީސީ ވެސް އޮތީ ފެވަރިޓެއްގެ ގޮތުގައި ކަމަށެވެ.

"އަހަރެން ބުނާނީ ނޫނެކޭ،" ލީގްގައި ފޭވަރީޓަކީ މިހާރު ނިއު ރޭޑިއަންޓް ކަމަށް ގަބޫލު ކުރަންތޯ ސުވާލު ކުރުމުން ބޮރުޒޮން ބުންޏެވެ. "އެކަން ޓީސީގެ އަތުގައިވެސް އެބައޮތް އެ ޓީމުން އަހަރެމެން ބަލި ކޮށްފިއްޔާ ޗެމްޕިއަންނަށް ވާނީ އެ ޓީމު އަހަރެމެން ދެ ޓީމު ވެސް މިދަނީ ރަށްރަށަށް ނިސްބަތްވާ ޓީމުތައް އަތުން އެއްވެރަކަށް ޕޮއިންޓް ނަގަމުން އެހެންވެ އަހަންނަކަށް ނުބުނެވޭނެ ލީގްގެ ފޭވަރިޓަކީ ނިއުރޭޑިއަންޓް ކަމަށް އަހަރެމެން ކުރިއަށް އޮތް ފަސް މެޗުން މޮޅު ވެއްޖެއްޔާ ލީގް ޗެމްޕިއަނަކަށް ވާނީ އަހަރެމެން."

ރޭ ދ. ކުޑަހުވަދޫ އަތުން މޮޅުވެ، މިވަގުތު އެއް ވަނައިގައި އޮތީ ޓީސީ އެވެ. ލީގްގައި މިވަގުތު އެންމެ ޖެހިލުންވާ ޓީމަކި ޓީސީ ތޯ ސުވާލު ކުރުމުން ބުރުޒޮން ބުނީ އެއްވެސް ޓީމެއް ދެކެ އޭނާ ޖެހިލުން ނުވާ ކަމަށާއި މިވަގުތު ލީގަށް ނިއު އާއެކު ވާދަ ކުރަމުން އަންނަނީ ޓީސީ ކަމަށެވެ. ޓީސީ އަށް ވިސްނުމެއް ނުވަތަ ލީގްގެ ބާކީ އޮތް ހުރިހާ މެޗަކަށް ވިސްނުމެއް މިވަގުތު ނެތް ކަމަށާއި މިވަގުތު ވިސްނަނީ މިރޭ މޮޅޮސްއާ ދެކޮޅަށް ކުޅޭ މެޗަށް އެކަނި ކަމަށް، މިއަހަރުގެ މެދުތެރެއިން ނިއު އާ ހަވާލުވި ކޯޗް ބުންޏެވެ.

މާޅޮސްވެސް އޮތީ ލީގްގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބު ކޮށް ރަނގަޅު ފޯމެއްގަ އެވެ. އަދި މާޅޮސް އިން ޑިފެންސިވް ގޭމެއް ކުޅެން ވިސްނައިފިނަމަ ވެސް އަދި އޮފެންސިވް ގޭމެއް ކުޅެން ވިސްނައިފިނަމަވެސް ނިއު އޮތީ އެއިން ކޮންމެ ގޭމް ޕްލޭނަކަށްވެސް ތައްޔާރު ވެގެން ކަމަށް ބުރުޒޮން ބުންޏެވެ.

ނިއު މިވަގުތު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެ ޓީމުން ދަނީ މޮޅުވުމުގެ ޓްރެކް ހިފަހައްޓަމުން ނެވެ. ބުރުޒޮން ބުނީ ޖެހިޖެހިގެން ހަތް މެޗުން މޮޅުވުމަކީ އޭނާގެ ކޯޗުން ކެރިއަރުގައި ރެކޯޑެއް ކަމަށެވެ. ރަނގަޅު ފޯމެއްގައި ނިއު އޮތް ނަމަވެސް އެކަމުގެ ސަބަބުން ކުޅުންތެރިން އޮވާ ކޮންފިޑެންސް ވެދާނެ ކަމުގެ ބިރު އޭނާ އަށް އެބަޮތެވެ. އޭނާ ބުނީ ކުޅުންތެރިންނާ އެކަމަށް ޑީލް ކުރާނީ މެންޓަލް ފިޓްނަސް ބޭނުން ކޮށްގެން ކަމަށެވެ.

ލީގްގައި، ކުރިން ނިއު އާ އެންމެ ގާތުން ވާދަ ކުރަމުން އައީ މާޒިޔާ އެވެ. ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް މާޒިޔާ އަށް ނަތީޖާ އެއް ނުނެރެވުމުން އެ ޓީމު އަތުން ވަނީ ލީގްގެ ރޭސް ގާތް ގަނޑަކަށް ގެއްލުމާ ގާތަށް ގޮސްފަ އެވެ. މިރޭ، ނިއު އަށް މާޅޮސް އަތުން މޮޅުވެ، މާޒިޔާ އާ ހަތް ޕޮއިންޓް ފެއަށް ޖެހިލެވޭނެ އެވެ. އަދި އަލުން ޓީސީއާ ދެ ޕޮއިންޓް ފެއަށް ޖެހިލައި އެއް ވަނަ މަގާމަށް އާދެވޭނެ އެވެ.