ބަޖެޓްގައި މި އަހަރު ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ ވަން ތަނަކާއި ވީ ގޮތެއް ބަލަންޖެހޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެ ފައިސާއާ މެދު ސުވާލު އުފައްދައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ދޭންޖެހޭ ފައިސާ އެ އަހަރެއްގެ ފުރަތަމަ ތިން މަސް ތެރޭ ލިބެން ޖެހޭ ކަމަށާއި މިދިއަ އަހަރުވެސް ޕާޓީތަަކަށް ފައިސާ ދިނީ އަހަރު ނިމެނިކޮށް ކަމަށާއި މިއަހަރު ނިމޭއިރު އަދި ފައިސާ ނުދޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މަސްލަހަތު އޮންނަ ވީޓީވީގެ ޕްރޮގްރާމެއްގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ފައިސާ ޕާޓީތަކަށް ދީފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އިދިކޮޅު ޕާޓީތަކަށް އެ ފައިސާ ނުލިބޭ ކަމަށެވެ. އެހެންކަމުން ޕާޓީތަކަށް ދޫކުރި ކަމަށްބުނާ ފައިސާއަށް ވީގޮތެއް ބަލަންޖެހޭ ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން އެންގި އަޅުގަނޑުމެންނަށް ލިބެންޖެހޭ ފައިސާގެ އަދަދެއް އެބައޮތް ކަަމަށް. އަދި އެފައިސާ ދޫކުރަން އަންގަމުންދާ ކަަމަށް. އެކަމަކު ފިނޭންސް އިން ބުނަނީ އެފައިސާ ދެވޭނެ ގޮތެއް މިހާތަނަށް ނެތް ކަމަށް. ދެން އެވިދާޅުވަނީ ފައިސާ ދެއްވައިފީމޭ." ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ނުދީ ސަރުކާރުން ހިފަހައްޓަނީ ސިޔާސީގޮތުން ޕާޓީތައް ހަރަކާތްތެރިވިޔަ ނުދިނުމަށް ކަމަށެވެ.