ރިޕޯޓް

ޕެރަޑައިސްގެ މީރު ކެއުމުގެ ރަހަ ބަލައިލަން އާދޭ!

ޕެރަޑައިސްގެ ކެއުމާ ބެހޭ ވީޑިއޯ.

އަގު ހެޔޮކޮށް ކޮޓަރި ލިބިދާނެ އެވެ. އަދި މާލެއާ ކައިރިން ވެސް އެފަދަ ކަހަލަ ރިސޯޓުތައް ލިބެން އެބަހުއްޓެވެ. އެކަމަކު ގިނަ ތަންތަނުގެ މައްސަލަތައް އެނގެނީ އެ ރިސޯޓަކަށް އަރައިލުމުންނެވެ. ކޮޓަރި އަގު ހެޔޮ ނަމަ، ހިދުމަތްތައް ވަރަށް ކަޑަ ވާނެ އެވެ. ކޮޓަރި ރަނގަޅު ނަމަ ކެއުންތައް އެހާ ގަޔާވެފައި މީރެއް ނުވާނެ އެވެ. އެކަމަކު، މާލެ އިން ފުރައިގެން، ވިހި މިނެޓުގެ ރާސްތާއެއްގައި އޮންނަ މި ޕެރަޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އަށް އައިސް ބަލާށެވެ. މިތަން ވަރަށް ތަފާތެވެ. ދުނިޔޭގެ 30 ގައުމުގެ މީހުން އެއް ފަހަރާ ޗުއްޓީ ހޭދަކުރިއަސް، މި ރިސޯޓު އެންމެ ހާއްސަ ވަނީ ހަމަ ދިވެހިންނަށެވެ. މި ތަނުގައި ޗުއްޓީ ހޭދަކުރާއިރު ލިބޭ ކެއުންތައް މާ މީރުވެފައި ހަމަ ސަޅީ އެވެ. އަދި ދިވެހިންނަށް ހާއްސަ ކަމެއް ދީފައި ވެސް ހުންނަނީ އެވެ.

މި ރިސޯޓްގެ "ބަގީޗާ" ރެސްޓޯރެންޓަކީ މައި ރެސްޓޯރެންޓެވެ. މިއީ ޕެރަޑައިސް އަށް ޗުއްޓީއަށް އަންނަ މީހަކަށް ހަމައެކަނި މި ރެސްޓޯރެންޓުން ތިން އިރު ކައިގެން ވެސް ޗުއްޓީ ފުއްދާލެވިދާނެ މީރު ކެއުމުގެ ބަގީޗާއެކެވެ. މި ހާއްސަ ބަގީޗާ ރެސްޓޯރެންޓުގެ ހިތް ގައިމު ތަނަވަސް މާހައުލަށް ވަންނަ ކޮންމެ ފަހަރަކު ހިނިތުންވެފައިވާ މޫނުތަކާއެކު މި ތަނުގެ މުވައްޒަފުން ސަލާން ގޮވާލާނެ އެވެ. މިއީ މުޅީ ޕެރަޑައިސް އިން ވެސް ފެންނާނެ އެންމެ ހާއްސަ އެއް ކަމެވެ. ކޮންމެ މުވައްޒަފަކު ވެސް މެހުމާނުންނަށް މަރުހަބާ ކިޔަނީ ހިނިތުންވުމާއެކުގަ އެވެ.

ޕެރަޑައިސްގެ މީރު ކެއުންތަކުގެ ވާހަކައަށް ދަމާ ހެއްޔެވެ. މި ވާހަކަ ކިތަންމެ އިރަކު ވެސް ދެއްކިދާނެ އެވެ. ދައްކާ ކޮޅުން ނުލާނެ މި ވާހަކަ އެންމެ ރަނގަޅަށް ވިދާޅުވެދެއްވީ، ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގު ސޯލިހެވެ. ކެއްކުމުގެ ދާއިރާގައި މަސައްކަތް ކުރައްވާތާ 40 އަހަރުވެފައިވާ ތަޖުރިބާކާރު އެގްޒެކެޓިވް ޝެފްގެ އިރުޝާދުގެ ދަށުން، މި ރިސޯޓަށް އަންނަ ކޮންމެ މެހުމާނަކަށް ބޭނުންވާ ކެއުންތައް އެންމެ ފުރިހަމަ އަށް ދަނީ ތައްޔާރު ކޮށްދެމުންނެވެ.

"އެންމެ ހާއްސަ ކަމަކީ އަޅުގަނޑުމެންގެ މެއިން ރެސްޓޯރެންޓުގެ ޑިސްތަކަކީ ސައުތު އޭޝިޔާގެ މީހުންނަށް ހާއްސަ އެއްޗަކަށް ވުން. މި ތަނުގެ ބުފޭގެ 75 ޕަސެންޓް ހުންނާނީ ފްލޭ ވާޑް [ރަހަތައް] ހުންނާނީ އޭޝިއަން ޑިޝް،" އިސްހާގު ވިދާޅުވި އެވެ.

ޕެރަޑައިސްގެ ކެއުންތައް ހާއްސަކޮށް މެރިން ރެސްޓޯރެންޓުގައި ތިން އިރަށް ހާއްސަވާނީ ބުފޭ އެވެ. ހެނދުނުގެ ސަޔާއި މެންދުރުގެ ކެއުން އަދި ރޭގަނޑުގެ ކެއުންތައް ލިބެ އެވެ. އަދި ޕެކޭޖު ނަގައިގެން އަންނަ ދިވެހިންނަށް ދިވެހި ރަހަތައް ހިމެނޭ މީރު ހެދިކާ ވެސް ހުރެ އެވެ.

ބައެއް މީހުންނަކީ ވަރަށް ހެލްތީކޮށް ކާން ބޭނުންވާނެ މީހުންނެވެ. އެފަދަ މީހުންނަށް ވެސް މި ބުފޭ ވަރަށް ހާއްސަ އެވެ. ބަގީޗާ ރެސްޓޯރެންޓުގައި ސަރާސަރު ދިގު ސެލެޑް ބުފޭއެއް ވެސް އޮވެ އެވެ. މިތަނުން އެމީހަކު ބޭނުންވާ ގޮތަށް ސެލެޑް ނަގާލައިގެން ކާންވީ އެވެ.

އިސްހާގު ވިދާޅުވި ގޮތުގައި ޕެރަޑައިސްގައި ޗުއްޓީ އަށް އަންނަ މީހުން އުފާކޮށް ދިނުމަކީ އެ ރިސޯޓުން އެންމެ އިސްކަން ދޭ ކަމެވެ.

"ޕެރަޑައިސްގެ ހުރިހާ ކެއުންތަކެއް ވެސް އެންމެ ހާއްސަވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް. އެހެން ބަލާފަ މެއިން ރެސްޓޯރެންޓް ހާއްސަ ވަނީ،" އިއްސާގު ވިދާޅުވި އެވެ.

މި ރިސޯޓުގައި ޗުއްޓީ ހޭދަކުރަން އަންނަ މީހަކަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބެ އެވެ. ރަށް ވަށައިގެން ރީތި މޫދެއް އޮންނައިރު، ރީތި ދޮންވެލި ރަނޑެއް އޮވެ އެވެ. މިއަށް ރީތިކަން ގެނެސްދެނީ މި ރަށުގެ ފެހި ކަމެވެ.