މިއުޒިކް

އޭބީޔޫ ފެސްޓިވަލްގައި ބޮބްގެ ހުށަހެޅުންތަކެއް

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީވީ އަދި ރޭޑިއޯ ފެސްޓިވަލްގައި މުހައްމަދު ތަސްނީމް (ބޮބް) ޕާފޯމްކޮށްފި އެވެ.

ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ޗެންޑޫގައި މިއަދު ކުރިއަށް ގެންދިޔަ އެ ފެސްޓިވަލްގައި ބޮބް ހުށަހަޅައިދިނީ "ކުދި ޖަޒީރާ" މި ލަވަ އެވެ.

ބޮބްގެ ހުށަހެޅުން ޓީވީއެމް އިން ލައިވްކޮށް ދެއްކިިއިރު މޯލްޑިވިއަން އައިޑޮލް ގެފޭސްބުކް ޕޭޖުންވެސް ވަނީ ވަގުތުން ދައްކާފަ އެވެ. ގިނަ ބަޔަކު ވަނީ ބޮބްގެ ހުށަހެޅުން ބަލާފަ އެވެ.

އޭބީޔޫ އަކީ އޭޝިއާ ޕެސިފިކްގައި ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ބްރޯޑްކާސްޓް މެންބަރުންގެ ގޮތުގައި 280 އަށް ވުރެއް ގިނަ ފަރާތް މި ސަރަހައްދުގައި ހިމެނެ އެވެ.

މިދިޔަ އަހަރު އެ ފެސްޓިވަލުގައި ޕާފޯމްކޮށްފައިވަނީ ލައިޝާ ޖުނައިދެވެ. ރާއްޖެއިން މި ފެސްޓިވަލްގައި 2014 ވަނަ އަހަރު އެންމެ ފުރަތަމަ ބައިވެރިވެރިވިއިރު ރާއްޖެ ތަމްސީލްކުރީ މޫޝާން މުބާރިކެވެ. އޭނާ މި ފެސްޓިވަލްގައި ހުށަހަޅައިދިނީ "ރަންނަމާރި" މި ލަވަ އެވެ.

މިދިޔަ މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލްކުރީ މަރިޔަމް އުނޫޝާ އެވެ. އުނޫޝާ ހުށަހަޅައިދިނީ އިނގިރޭސި އާއި ދިވެހި ބަހުން ގަތާލެވިފައިވާ "ދަ މޯލްޑިވްސް ސޯންގް" އެވެ.