ވިޔަފާރި

ކެޕެޑިއަމް ބީޗް ރިސޯޓް އަންނަ އަހަރު ހުޅުވަނީ

ރ. ހުރުވަޅީގައި ތަރައްގީ ކުރާ، ކަޕެޑިއަމް ބީޗް ރިސޯޓް އެންޑް ސްޕާ އަންނަ އަހަރުގެ ޖޫން މަހު ހުޅުވަން ނިންމައިިފި އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އާމިރު މަންސޫރުގެ ކުންފުންޏެއް ކަމަށްވާ ކަޕެޑިއަމް ކުންފުނިން ހުޅުވާ ކަޕެ ޑިއަމް ބީޗް ރިސޯޓަކީ 115 ޕޫލްވިލާއާ އެކު ހުޅުވާ ރިސޯޓެކެވެ.

ޓްރެވަލް ނިއުސް އޭޝިޔާ އަށް ކެޕެ ޑިއަމްގެ މެނޭޖިން ޑިރެކްޓަރު އާމިރު ވިދާޅުވީ އެ ކުންފުނިން ތިން ސަފާރީ ހިންގާއިރު ކޮންމެ ސަފާރީއެއްގައި 20-22 ޓޫރިސްޓުންނަށް ހިދުމަތްދެވޭނެ ކަމަށާ، މިހާރު ބޭނުންވަނީ ޓޫރިސްޓުންނަށް ތަފާތު ތަޖުރިބާއެއް ދިނުމަށް ކަމަށެވެ.

"ކެޕެޑިއަމް ބީޗް ރިސޯޓު ތަރައްގީ ކުރުމުން ސަފާރީއާއެކު ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ޓޫރިސްޓުންނަށް ލިބިގެންދާނެ،" ދިވެހި ޑައިވް މާސްޓަރުންނާއެކު ހިދުމަތްދެމުން އަންނަ ސަފާރީ ހިންގާ، އާމިރު ވިދާޅުވި އެވެ.

ކެޕެޑިއަމް ބީޗް ރިސޯޓު ތަރައްގީ ކޮށްފައިވަނީ ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅުން ފުރައިގެން ސްޕީޑް ލޯންޗެއްގައި 15 މިނެޓުން ދެވޭ ހިސާބުގަ އެވެ.