chattelegramwhatsappviber google-plus twitter facebook

ލައިފްސްޓައިލް

އޭޑީކޭ ޓްރޭޑިން އިން އެންމެ ރީތި ތުނބުޅިއެއް ހޮވަނީ

ފަހުގެ ޓްރެންޑުތަކަށް ތުނބުޅި އާއި މަތިމަސް ބަހައްޓައިގެން އުޅުމަކި ދިވެހި ފިރިހެނުންގެ ތެރޭގައިވެސް އޮންނަ އާދަ އެކެވެ. އަދި ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ތުނބުޅި ނުބާލާ މަހުގެ ގޮތުގައި ނޮވެމްބަރު މަސްވެސް ފާހަގަ ކުރެ އެެވެ. "ނޯ ޝޭވް ނޮވެމްބާ" ޖަހައިގެން ފޮޓޯތައް ސޯޝަލް މީޑިއާއަށްވެސް އަޅަ އެވެ.

އެ ޒުވާނުންނަށް އިތުރު ސަޕޯޓަކާއި ޖޯޝެއް ދޭން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން މިވަނީ ސޯޝަލް މީޑިއާ ޗެލެންޖެއް ފަށާފަ އެވެ. އެ ޗެލެންޖުން ހޮވާނީ އެންމެ ރީތި އަދި އެންމެ ފިރިހެންވަންތަ ތުނބުޅި އެވެ.

ޗެލެންޖުގައި ބައިވެރިވާން ބޭނުން ޒުވާނުން ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓުވިޓާއަށް ހޭޝްޓެގް ބޭޑްލެބް ނޯ ޝޭވް ނޮވެމްބަރު ޖަހާފައި ދޫކޮށްލަން ވީ އެވެ. އެއް ވަނަ ހޯދަން ލައިކް ހޯދަން މަސައްކަތް ކުރާކަށް ނުޖެހޭނެ އެވެ. ޖަޖު ކުރަނީ އެކަމަށް ހާއްސަ ޕެނަލަކުންނެވެ. ފޮޓޯތައް މި މަހުގެ 30ގެ ކުރިން ހޭޝްޓެގާއެކު ސޯޝަލް މީޑިއާ އަށް ދޫކޮށްލަން ވާނެ އެވެ.

ތުނބުޅިތައް ޖަޖު ކުރާނީ ހަތަރު ކްރައިޓީރިއާއެއްގެ ދަށުން ކޮންމެ ބަޔަކަށް 25 ޕަސަންޓުގެ ރޭޓުންނެވެ. މާކްސް ދޭނީ އެކަކާއި 10 އަކާއި ދެމެދުގެ ރޭޓަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ތުނބުޅީގެ ދިގުމިނާއި، ފުލްނެސް، ސްޓައިލް އަދި ފިރިހެންވަންތަ ކަން ހިމެނެ އެވެ.

އެންމެ ގިނަ ޕޮއިންޓް ލިބިގެން ޗެމްޕިއަން ކަން ލިބޭ ފަރާތަކަށް ތިން މަސް ދުވަސް ވާންދެން އޭޑީކޭ އިން ބޭޑްލެބްގެ އުފެއްދުންތައް ލިބޭނެ އެވެ.

ނޯ ޝޭވް ނޮވެމްބަރަކީ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ބައިނަލްއަގްވާމީ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު