ހަބަރު

ބޮޑު ގައުމުން ކުޑަ ގައުމަށް: ޓޫރިޒަމްގެ މަތީ ފަށަލަ ބަލައިލަން ބޭނުން!

ލަންޑަނުން: Mundoo Adam Halym
Nov 8, 2017
1

ދުނިޔެއަށް "ސުވަރުގޭގެ" ގޮތުގައި ނަން މަޝްހޫރުވެފައިވާ ރާއްޖޭގެ ޓޫރިޒަމް "ހައިއެންޑް" ފަށަލައިގެ ތެރެއަށް ވަންނަން ބޭނުންވެ އެކަމުގެ ތަޖުރިބާ އާއި އެކްސްޕަޓީޒް ހިއްސާ ކޮށް ދިނުމަށް އިންޑިއާގެ ބޮޑު ސްޓޭޓަކުން އެމްއެމްޕީއާރްސީއަށް ހުށަޅައިފި އެވެ.

އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލަންޑަންގައި ހުންނަވައިގެން މިއަދު ވިދާޅުވީ މިއަދު ލަންޑަން އެކްސެލް ވިކްޓޯރިއާ ޑޮކްގައި މިއަދު ނިންމާލާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިޔޫޓީއެމް) ގައި ވަރަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދުނިޔޭގެ އެކި ބައްރުތަކުން ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓަތަކާއި މެއިން ޕްރޮޑަކްޓް، "ސަނީ ސައިޑް އޮފް ލައިފް" އަށް ޝައުގުވެރި ތަފާތު މީޓިންތައް ފުލުފުލުގައި ބާއްވާ ޝައުގުވެރި ކުރުވާ ބޮޑެތި ހުށަހެޅުންތަކާއެކު އާއިރު ހައިރާން ކުރުވި ކަމަކާވެސް ދިމާވި ކަމަށެވެ.

އޭނާ ވިދާޅުވީ "އިންކްރެޑިބަލް އިންޑިއާ"ގެ ގޮތުގައި ޓޫރިޒަމް ޕްރޮމޯޓް ކުރާ އިންޑިއާއން މި ފަހަރުގެ ފެއާގައި ބައިވެރިވިއިރު ޓޫރިޒަމްގައި ނަން މަޝްހޫރު އެގައުމުގެ ބޮޑު އެއް ސްޓޭޓް ފެއާއަށް ނާންނަ ކަމަށެވެ. -- އެ ސްޓޭޓްގެ ނަމެއް ހާމައެއް ނުކުރެއެވެ.

ނަމަވެސް ވިދާޅުވީ ސްޓޭޓެއްގެ ޓޫރިޒަމް މިނިސްޓަރު ވަކީން ފެއާއަށް ޒިޔާރަތް ކުރެއްވި ކަމަށާއި ދުނިޔޭގެ ޓޫރިޒަމްގެ ތެރެއަށް ރާއްޖެއިން ނެރުނު "ހައިއެންޑް" ގެ އާ ކޮންސެޕްޓްގެ ފަށަލައިގެ ކާމިޔާބީ އާއި އޭގެ އެކްސްޕަޓީސް ހިއްސާކޮށް ދެ ފަރާތުގެ ފައިދާ އަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން އެމްއެމްޕީއާރްސީ އާއި އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި އެމްބެސެޑަރު އަހުމަދު ޝިއާން އާއެކު ދިގުކޮށް މަޝްވަރާތައް ކުރެއްވި ކަމަށެވެ.

"މީގެ މާނައަކީ ހައިއެންޑް ޓޫރިޒަމްގައި ރާއްޖެއިން ތަރައްގީ ކޮށްފައިވާ ކޮންސެޕްޓަކީ އާދަޔާހިލާފު ކާމިޔާބު ކޮންސެޕްޓެއްކަން، އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްކުން މިފަހަރުގެ ފެއާގައި ބައިވެރިވިއިރު މި ދެންނެވި ސްޓޭޓެއް ނާދޭ، އެކަމަކު އެ ސްޓޭޓްގެ ޓޫރިޒަމް މިނިސްޓަރު [ސިއްރިޔާތުގައި] ވަޑައިގެން އަޅުގަނޑުމެނާ ބައްދަލުކޮށް މަޝްވަރާތައް ބޭއްވި،" ހާރިސް ވިދާޅުވި އެވެ. "އެ ގައުމުން ހަގީގަތުގައި ބޭނުން ވަނީ އަޅުގަނޑުމެންގެ މިފަށަލައިގެ ތެރެއަށް ވަދެ ތަޖުރިބާ ހޯދައިގެން ކުރިޔަށްދާން، އަދި އެމީހުންގެ އެކްސްޕަޓީސް އަޅުގަނޑުމެނަށް ދޭން،" ހާރިސް ވިދާޅުވި އެވެ.

އެ ފަރާތާއެކު ދެކެވުނު ވާހަކަތަކަށް ފަހު އެމްއެމްޕީއާރްސީގެ ވަފުދެއް އިންޑިއާގެ އެ ސްޓޭޓަށް ޒިޔާރާތް ކުރަން ދައުވަތު ދީފައިވާ ކަމަށާއި އަދި ރާއްޖެ ވަޑައިގަތުމަށް އެދި ވަޑައިގެންފައިވާ ކަމަށް ވެސް ހާރިސް މިއަދު ވިދާޅުވި އެވެ.