އިގްތިސާދު ފުޅާވެ ތަރައްގީވަމުންދާއިރު އެންމެ ހަލުވިކާއެކު ކުރިއަރަމުން އަންނަ އެއް ދާއިރާއަކީ ކަނޑު އުޅަނދު ފަހަރު ބަނުމެވެ. މި މަސައްކަތުގައި ރާއްޖޭގައި އެތަށް ބަޔަކު އުޅެ އެވެ. ކުންފުނިތައް ވެސް ގިނަ އެވެ. އެކަމަކު މީގެ ކުންފުންޏަކުން ހިދުމަތެއް ހޯދަން ގޮސްފިނަމަ، ގިނަ ކަންތައްތަކެއް ނުވެ އެވެ. ނަމަވެސް ދުބާއީގެ ކުންފުންޏަށް ކަމަށްވާ "އަލްޝާލީ" ގްރޫޕުގެ ރާއްޖޭގެ ގޮފިން ތިލަފުށީގައި ހިންގާ އަލްޝާލީ މެރިން މޯލްޑިވްސް ވަރަށް ތަފާތެވެ. އެންމެ ބޮޑު އެއް ތަފާތަކީ މިތަނުން ބޯޓު ބިލްޑިންގެ ޓޯޓަލް ސޮލިއުޝަން ލިބެން ހުރުމެވެ.
"އަޅުގަނޑުމެންގެ ރިޕެއާ އެންޑް މެއިންޓަނަންސް އަށް ބަލާއިރު ވަކި ވައްތަރެއްގެ ކަމެއް ނުކުރެވިގެނެއް ނުދާނެ. ފަންސާސް ޓަނުން ފެށިގެން ކުދި ކޮންމެ އުޅަނދެއް ވެސް ނަގައި ހިދުމަތް ދެވޭނެ. މީގެ ތެރޭގައި އިންޖީނާއި އައުޓް ފިޓިން އަދި ފުލް ކަސްޓަމައިޒިން. މީގެ އިތުރުން މޮޑިފިކޭޝަން ވެސް ލިބޭނެ،" އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވި އެވެ.
އަލްޝާލީ މެރިންގެ ޔާޑުން ހަމައެކަނި ބަނދެދެނީ ލޯންޗު ފަަހަރު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ކަނޑަނަށް ހެޔޮވަރު، ނިޔާމަ ދަތުރެއްކޮށްލަން އެންމެ އެކަށޭނެ ދޯނި ފަހަރު ވެސް ބަނދެދެ އެވެ. ރާއްޖޭން ނު ބަނދެވޭވަރުގެ ލަގްޒަރީ ބިޔަ އުޅަނދު އަލްޝާލީ ދުބާއީން ބަނދެގެން ގެނެސް ދިނުމަކީ ވެސް އެ ކުންފުންޏަށް ދާދި ފަސޭހަ ކަމެކެވެ، މީގެ އިތުރުން މިތަނުން ހަމައެކަނި ހިދުމަތް ދެނީ "އޭސް މެރިން" ގެ އުޅަނދު ފަހަރަށް އެކަންޏެއް ވެސް ނޫނެވެ. ކޮންމެ މަރުކާއެއްގެ ކޮންމެ އުޅަނދެއް ހިފައިގެން އައި ނަމަވެސް އަލްޝާލީ އިން އެ ބަޔަކަށް މަރުހަބާ ކިޔަ އެވެ. އެމީހުންނަށް ވެސް ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ މަތީ ހިދުމަތް ދެނީ ހިނިތުންވުމާއެކުގަ އެވެ.
ޝަރީފު ވިދާޅުވީ ބޭރުން މީހުން ގަނެގެން ގެންނަ ބައެއް އުޅަނދު ފަހަރަށްވެސް ބަދަލު ގެންނަން އެ ޔާޑަށް އަންނަ ކަމަށެވެ.
"ރާއްޖޭގެ ބިލްޑާސްތައް ބަނދެފައި ހުރި އުޅަނދު ފަހަރުވެސް ބަދަލު ގެންނަން އާދެ. އެއީ އުފަލެއް،" ޝަރީފު ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ބިޒީ، ޑިމާންޑް ބޮޑު
ތިލަފުށީގައި ހިންގާ، އޭސް މެރިންގެ ބޯޓު ޔާޓަކީ ކޮންމެ ދުވަހަކު ވެސް އެންމެ ބިޒީ އެއް ތަނެވެ. ހާއްސަކޮށް ރާއްޖޭގައި ތަރައްގީވެ، ފުޅާވަމުން އަންނަ ޓޫރިޒަމް ވިޔަފާރިއަށް ބޭނުންވާ ބޮޑެތި އަދި ކުދި އުޅަނދު ފަހަރުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް އެތަނުގައި ކުރެ އެވެ. ގާތްގަނޑަކަށް 50،000 އަކަފޫޓުގެ ބޯޓު ޔާޑު އަބަދު ވެސް އޮންނަނީ ފުރިފަ އެވެ. އެއް ފަހަރާ 25 އުޅަނދަށް ހިދުމަތް ދެވެ އެވެ. ނުވަދިހަ މުވައްޒަފުން މަސައްކަތް ކުރާ މިތަނުގައި ދިވެހިން ވެސް މަސައްކަތް ކުރެ އެވެ.
ޝަރީފު ވިދާޅުވީ މިހާރު އެންމެ ގިނައިން އޯޑަރު އަންނަނީ ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަ އުޅަނދުތައް ބަންނަން ކަމަށެވެ.
"އަޅުގަނޑުމެންގެ ދޯނިތަކަށް ވެސް މަގުބޫލުކަން ބޮޑު. ފެރީ އާއި ރެކްރިއޭޝަން އަދި ޑައިވް އެކްސްކާޝަން އެއްޗިހި. ދެހާސް ފަނަރައިގެ ބޯޓު ޝޯ އަށް ނެރުނު ވޯޓަ ސްޕޯޓްސް އެތި. މި އަށް ވަރަށް ގިނަ އޯޑަރުތައް އެބަ އާދެ. މިއީ ރާއްޖެ އިން ލިބެން ހުރި އެއް ޕްރޮޑަކްޓް. ކަސްޓަމަރުންގެ ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް،" ޝަރީފު ވިދާޅުވި އެވެ.
ކުރިއެރުމާއެކު އެވޯޑުތަކެއް
އޭސް މެރިންގެ ކުރިއެރުން ދައްކުވައި ދެނީ، އަހަރުން އަހަރަށް ހިދުމަތް ދެވޭ މީހުންގެ އަދަދު އިތުރުވުމުންނެވެ. އެ ކުންފުނީގެ މަގުސަދަކީ ވެސް އެއީ އެވެ. ދިވެހިން ހިތް އުފާވާ ކަހަލަ ހިދުމަތްތަކެއް ދިނުމެވެ. މީގެ އިތުރުން ބޯޓިންގެ ދާއިރާގައި ދޭ އެވޯޑުތައް އޭސް މެރިންގެ އުޅަނދު ފަަހަރަށް ދަނީ ލިބެމުންނެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ބޯޓު ޝޯވްގައި އެވޯޑެއް ލިބުމެވެ. އެ ކުންފުނީގެ "އައިލެންޑް ހޮޕާ" ވަނީ ހިމެނިފަ އެވެ. އަދި ރާއްޖޭގެ އެންމެ ވަރުގަދަ 100 ކުންފުންޏަށް ދޭ "ގޯލްޑް 100" އެވޯޑު ވެސް މިދިޔަ އަހަރު އެ ކުންފުނިން ހޯދި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި އަހަރުން އަހަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށެވެ.
"ދޯނި ފަހަރުތަކާއި ލޯންޗް ބަންނަ މީހުންގެ މެދުގައި އޮތް މަގުބޫލުކަން އެންމެ ބޮޑު ކަމަކީ،" ޝާރީފު ވިދާޅުވި އެވެ.
އަލްޝާލީ ކާމިޔާބީގެ ސޮފުހާތަކުން
* އެންމެ މޮޅު ފައިބަރު ދޯނީގެ އެވޯޑު
* ގޯލްޑް 100 އެވޯޑް
* ކޮންމެ އަހަރަކު އާ ފަރުމާއެއް ނެރުން
* އޮޑި ބަންނަން އެންމެންގެ އިތުބާރު ލިބުން
އެންމެ މުހިންމީ ކަސްޓަމަރުން
އޭސް މެރިންގެ ވިޔަފާރި ބާރަށް ކުރިއަށްދާއިރު އެ ކުންފުނީގެ އެންމެ މުހިންމު ބަޔަކީ ކަސްޓަމަރުންނެވެ. އެންމެ އިސްކަން ދޭ ބަޔަކީ ކަސްޓަމަރުންނެވެ.
"އަޅުގަނޑުމެންގެ އާއިލާގެ ބައެއް ކަސްޓަމަރުންނަކީ. ކޮންމެ ވަގުތަކުވެސް ކޮންޓެކްޓް ކުރެވޭ. އެކަމަކު އަބަދު ވެސް ޗެލެންޖު ތަކެއް އުޅޭ. މިހާރު ލިބެން ހުރި ޖާގައިން އެންމެ ރަނގަޅު ހިދުމަތް ދެމުން މި ދަނީ،" ޝަރީފު ވިދާޅުވި އެވެ.
އޭސް މެރިން އިން ކުރިއަށް އޮތްތަނުގައި ވެސް އާ އުޅަނދުތަކެއް ނެރޭނެ އެވެ. މި އުޅަނދުތައް ވެގެންދާނީ، ރާއްޖޭގެ ކުރިއަރަމުން އަންނަ އިގްތިސާދާ ފައިހަމަ ކުރާ އުޅަނދަކަށެވެ. ހިދުމަތް ހޯދާ މީހުން ބޭނުންވާ ކަހަލަ އުޅަނދަކަށެވެ.