ވިޔަފާރި

މޫދު އަޑީގެ ހޮޓަލާއެކު ކުރެދިވަރު ރިސޯޓު ނިމެނީ

މި ފަދަ މަންޒަރެއް އާއްމުކޮށް ފެންނާނީ ހިޔާލީ ފިލްމްތަކުންނެވެ. ބޭނުންވެއްޖެ ހިނދެއްގައި މޫދު އަޑި އަށް ގެންދިއުމާއިބިލްޑިން މައްޗަށް އެރުމެވެ. ނަމަވެސް މި ހިޔާލު ރާއްޖޭގައި މިއޮށް ހަގީގަތަކަށް ވަނީ އެވެ. އެ ފަދަ ތަނެއް ރާއްޖޭގައި ވެސް ދަނީ ހަދަމުންމެވެ. އެއީ ނ. ކުރެދިވަރުގައި ތަރައްގީ ކުރަމުން ގެންދާ ހޮޓަލެވެ.

ޕޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ޑީޕްއޯޝަން ޓެކްލޮޖީސް އިން ރާއްޖޭގެ ޒެން ރިސޯޓު އެޓް ކުރެދިވަރުގައި ހަދާ ހޮޓަލަކީ މޫދު އަޑީގައި މި ގޮތަށް ދުނިޔޭގައި ވެސް ހަދާ ފުރަތަމަ ހޮޓަލަށްވާނެ އެވެ. މި ހޮޓަލުގެ މަތީގައި އަޅާ ބައި މިހާރު ވަނީ ހަރުކޮށްފަ އެވެ.

މި ހޮޓަލުގެ އަގު އެކަނި ވެސް 50 މިލިއަން ޑޮލަރަށް އަރަ އެވެ. މި ރިސޯޓު ހިންގާނީ މަޝްހޫރު ހޮޓެލް ޗެއިން މޫންއެންޕިކް ކުންފުނިން އަންނަ އަހަރު އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ކުރެދިވަރުގައި ތަރައްގީކުރާ މޫދު އަޑީގެ މި ހޮޓަލުގައި 22 ކޮޓަރި ހުރެ އެވެ. މޫދުގެ ހަ މީޓަރު އަޑީގައި ހަދާ މި ހޮޓާ ފަރުމާކޮށްފައިވަނީ ހޮޓަލުގެ މެދުގައި ސިޑި އާއި ލިފްޓް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރިގައި އިންނަ މީހާ ބޭނުންވެއްޖެ ހިނދެއްގައި އަޑިއަށްދެވޭ ގޮތަށް މިތައް ފަރުމާކޮށްފައިވެ އެވެ. މި ހޮޓާ ފަރުމާކޮށްފައިވަނީ ޓޫރިސްޓުން ގޮވައިގެން އަންނަ ހެލިކޮޕްޓަރު ހޮޓަލުގެ މައްޗަށް ތިރިކޮށްލެވޭ ގޮތަށެވެ.