ވިޔަފާރި

ސޮނޭވާ ޖާނީގެ އެތެރެ ސީއެންއެން އަށް

"ނޯ ނިއުސް، ނޯ ޝޫޒް" މިއީ ސޮނޭވާ ރިސޯޓުތަކުގެ ސްލޯގަން އެވެ. މިކަންވީ ރާއްޖެއާ ކަމަށެވެ. ދުނިޔެ ސިއްސުވާލީ ކަމަށެވެ. މި ސްލޯގަންގައި ފުރަތަމަ ހުޅުވީ ސޮނޭވާ ފުށި ރިސޯޓެވެ. އެ އަށްފަހު، ސޮނޭވާ ގްރޫޕުން މި އަހަރު ވަނީ ނ. އަތޮޅުގައި ރިސޯޓެއް ހުޅުވާފަ އެވެ. އެއީ ސޮނޭވާ ޖާނީ އެވެ.

މި ރިސޯޓުގެ ހިތްގައިމު މަންޒަރުތައް ވަނީ ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ބޮޑު ނިއުސް ނެޓްވޯކް، ސީއެންއެންއަށް ދައްކާލާފަ އެވެ. ސީއެންއެންއިން ސިފަކޮށްފައިވާ ގޮތުގައި ސޮނޭވާ ޖާނީއަކީ ރާއްޖޭގެ އެންމެ އަގު ބޮޑު ރިސޯޓެވެ.

ސީއެންއެން "ޓްރެވަލް" އަށް ވާހަކަ ދައްކަވަމުން، ސޮނޭވާ ޖާނީގެ، ރިސޯޓު މެނޭޖަރު ފާތުފަތު ޝާޒްލީން ވިދާޅުވި ގޮތުގައި އެ ރިސޯޓަކީ ބޭނުންކުރާ ވޭސްޓް ރިސައިކަލްކޮށް އަލުން ބޭނުންކުރާ ރިސޯޓެކެވެ.

"ރިސޯޓުގެ ކުނި މަދުކުރަން. ޕްލާސްޓިކް ފުޅި ބޭނުމެއް ނުކުރަން. މިތަނުގައި ބޭނުންކުރާނީ ބިއްލޫރި ފުޅީގައި ފެން،" ޝާޒްލީ ވިދާޅުވި އެވެ.

އިންޑިޔާ އާއި އިނގިރޭސިވިލާތަށް ނިސްބަތްވާ މަހުޖަނު ސޮނޫ އާއި އަންހެނުން އީވާ މީގެ 20 އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ ހުޅުވާފައިވަނީ ބ. އަތޮޅު ސޮނޭވާ ފުއްޓެވެ. ސޮނޭވާ ފުށްޓަކީ ކުރިން ރާއްޖޭގައި ހުރި ހަމައެކަނި ރެސިޑެންސް ވިލާތައް ވިއްކާ ގޮތަށް ހެދި ރިސޯޓެވެ. އޭގެ ފަހުން މެދުފަރުގައި ހުޅުވި ސޮނެވާ ޖާނީ ވަނީ ދުނިޔޭގެ މަގުބޫލުކަން ހޯދާފަ އެވެ. މި ރިސޯޓުގައި 25 ވިލާ ހުންނައިރު މި ތަނުގައި ހަދާފައިވާ ސިނަމާއަކީ ރާއްޖޭގެ ރިސޯޓެއް މިހާތަނަށް ހަދާފައިވާ ފުރަތަމަ ސައިލެންޓް ސިނަމާ އެވެ. މި ސިނަމާ ހުންނަނީ މޫދުގަ އެވެ.

"އަވަސް" އާއި "ނިއު ޔޯކް ޓައިމްސް" ގުޅިގެން ނެރޭ "އައިލްސް" މެގަޒިން އަށް މިދިޔަ މަހު ސޯނޭ ދެއްވި ހާއްސާ އިންޓަވިއުއެއްގައި ވަނީ ރާއްޖޭގެ އިތުރު ދެ ރިސޯޓެއް ހަދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ސީއެންއެންގައިވާ ސޮނޭވާ ޖާނީގެ އާޓިކަލް

އޭނާ ވިދާޅުވެފައިވާ ގޮތުގައި ދުނިޔެ އަށް އައު ތަޖުރިބާ ތަކާއި ހިޔާލުތައް ރާއްޖޭގައި ގާއިމު ކުރުމުގެ މުހިންމުކަން، މުހިންމު ކަމަށާ، މީގެ ސަބަބުން ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރަން ފަސޭހަވާނެ ކަމަށެވެ.

"މިސާލަކަށް ސޮނެވާ ޖާނީ އެކި ގޮތް ގޮތުން މުޅި ދުނިޔޭގެ ސަަމާލުކަން ހޯދައިފި. އޭގެ ސަބަބުން މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ،" ސޯނޫ ވިދާޅުވި އެވެ.