chattelegramwhatsappviber google-plus twitter facebook

ދިވެހި ސިނަމާ

ވިޝްކާ އޮލިމްޕަހަށް ވައްދަނީ!

ވިޝްކާގެ ޕްރިމިއާގައި ރަވީ އަދި ރިޝްމީ ސެލްފީ ނަގަނީ. -- އަވަސް ފޮޓޯ

ރަވީ ފާރޫގު ޑައިރެކްޓުކޮށް އައިޝަތު ރިޝްމީ ޕްރޮޑިއުސްކުރި "ވިޝްކާ" އަކީ މި އަހަރު ތެރޭގައި ނުކުތް އެންމެ ވާދަވެރި ފިލްމުތަކުގެ ކުރީގައި ހިމެނޭ ފިލްމެކެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމަކަށްވި އެވެ. ހާއްސަކޮށް ޒުވާނުންނަށެވެ. މިދިޔަ މާޗު މަހު އެ ފިލްމު ރިލީޒްކޮށް ޝްވެކް ސިނަމާގައި ގިނަ ޝޯތަކެއް ދެއްކި އެވެ. ހުރިހާ ޝޯއެއް ކަހަލަ ގޮތަކަށް ފުލް އެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ފިލްމު ބެލުމުގެ ފުުރުސަތެއް ނުލިބުނެވެ. ބައެއް މީހުން ބޭނުންވީ އޮލިމްޕަހުގައި އެ ފިލްމު ބަލާށެވެ.

އެ މީހުންނަށްޓަކައި ރިޝްމީ ވަނީ އޮލިމްޕަހުގައި ވިޝްކާ ފިލްމު އަޅުވާނެ ތާރީހު އިއުލާނުކޮށްފަ އެވެ. އެއީ މި މަހުގެ 30 ވަނަ ދުވަހެވެ. އިތުރު ޝޯ އެއް އެޅުވުމާމެދު އޭނާގެ ހިޔާލު ހުރީ ތަރުހީބު ލިބޭ ވަރަކަށް ބަލާފައި އަޅުވާށެވެ. ކުރިންވެސް ރިޝްމީ ވަނީ އޮލިމްފަހުގައި ފިލްމު އަޅުވާނެ ކަމަށް ބުނެފަ އެވެ.

ވިޝްކާ ނުބަލާ މީހުން އޮލިމްޕަހާއި ދިމާލަށް ދުއްވައިގަންނާނެ ކަމެެއް ނެތެވެ. ރިޝްމީ ބުނީ ޓިކެޓު ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. ވިޝްކާގެ ޓިކެޓް ގަތުމަށް 9119559 ނަމްބަރަށް ގުޅާލުމުން ޓިކެޓު ގެންގޮސްދޭނެ އެވެ. އަދި މި މަހުގެ 20 އިން ފެށިގެން އޮލިމްޕަސް ކައުންޓަރުން ވެސް ލިބޭނެ އެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

ވިޝްކާގެ ޓްރެއިލާ. -

ވިޝްކާ އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ޑައިރެކްޓްކޮށް ރިޝްމީއާ އެކު ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ވަރަށް މުހިންމު ސަޕޯޓިން ރޯލަކުން އަހުމަދު ސައީދު ވެސް ފެނިގެންދެ އެވެ. އެ ފިލްމަކީ ކްރައިމް ޑްރާމާއެއް ގޮތަށް ފިޓްކޮށްފައިވާ ރާއްޖޭގެ މިހާރުގެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
 • ވިޝާމާ

  އަޅޭ. ތި ފިލްމް ހީވަނީ ފޮނިކާ އެތިގަނޑެއްހެން.

  CLOSE
 • އަޒޫ

  ލަދު. އާޝިގީ2 ގެ ދިވެހި ވާޝަން. ޕޯސްޓަރ ވެސް ކޮޕީ

  1
  1
  CLOSE
 • ޒިލްމާ

  އަނެއް ފަހަރު އާޝިގީ2 ދޯ

  1
  CLOSE
 • ސަުރަޖް

  އާޝިގީ2 އިޒް ބެކް

  1
  CLOSE
 • ބަތޫތާ

  "ވިޝްކާ އޮލިމްޕަހަށް ވައްދަނީ!" މިހެން ސުރުހީގައި ޖަހާފައި އޮތީމާ މަހީކުރީ ގަދަކަމުން އޮލިންފަހަށް ވައްދަނީކަމަށް.

  3
  CLOSE
 • ޅަބޭ

  ތި ފިލުގަ އުޅެނީ އެންމެ 3 މީހުންތަ؟ ވައްތަރީ 2/3 ދުވަހުން ނިންމާލާފައޮތް ފިލުމުގަނޑަކާ.

  1
  1
  CLOSE

ފަހުގެ ޚަބަރު