ވިޔަފާރި

ހޮންކޮންގް އެއާލައިންސް ވެސް ރާއްޖެއަށް އުދުހެން ފަށަނީ

  • ހަފުތާއަކު ތިން ފްލައިޓް އަޅާނެ
  • ދަތުރުތައް ފަށާނީ ޖެނުއަރީ 16 ގައި
  • ޗައިނާ މާކެޓަށް ކުރިއެރުން ލިބޭނެ ކަމެއް

ހޮންގް ކޮންގް އެއާލައިންއިން އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

ހޮންގް ކޮންގްގެ ނޫސްތަކުގައިވާ ގޮތުން، އަންނަ އަހަރުގެ ޖެނުއަރީ 16 އިން ފެށިގެން ރާއްޖެއަށް ކުރާ މި ދަތުރުތަކުގައި ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.

މި އެއާލައިން ރާއްޖެއަށް ދަތުރުކުރާނީ އަންގާރަ އާއި ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ.

މި ދަތުރުތަކާ ބެހޭ ގޮތުން، އެ އެއާލައިންގެ އެސިސްޓެންޓް ޑިރެކްޓަރު ވެންގް ވަންގް ވިދާޅުވީ މި ދަތުރުތައް ރާއްޖެއަށް ފަށަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވަމުން އަންނާތީ ކަމަށެވެ.

"ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ހަށް މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި މީހުންގެ އަދަދު ވަނީ 5.9 ޕަސެންޓް އިތުރުވެފައި. އެހެންވެ އޮތް ޑިމާންޑަށް ބަލާފަ ފަށަނީ،" ވަންގް ވިދާޅުވި އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ހަށް މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި މީހުންގެ އަދަދު ވަނީ 5.9 ޕަސެންޓް އިތުރުވެފައި. އެހެންވެ އޮތް ޑިމާންޑަށް ބަލާފަ ފަށަނީ
ހޮންކޮންގް އެއާލައިންގެ އެސިސްޓެންޓް ޑިރެކްޓަރު

ހޮންގް ކޮންގް އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ، އެއާބަސް އޭ 300-330 ގެ ބޯޓު ފަހަރެވެ. މި އެއާލައިންގައި އެއްފަހަރާ 260 މީހުން އުފުލާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮންގް ކޮންގް ހިމެނޭ ސަރަހައްދުން މި އަހަރުގެ މިހާތަނަށް 34،715 މީހުން އައިސްފައިވެ އެވެ. މި ސަރަހައްދުން އެންމެ ގިނައިން މީހުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 27،214 މީހުން އައިސްފައިވެ އެވެ.

އާ އެއާލައިންތަކެއް ޓޫރިޒަމްގެ ސީޒަނަށް ފަށާއިރު، މި އަހަރުގެ މިހާތަނަށް އިޓަަލީގެ އަލިތާލިއާ އާއި އެއާފްރާންސުން ވެސް ދަތުރު ފަށާފައިވެ އެވެ.