ވިޔަފާރި

އެންމެ ރައްކާތެރި މަންޒިލަކަށް ރާއްޖެ

ހުރިހާ ގައުމުތައް ފަހަތަށްލުމަށް ފަހު، ޑެސްޓިނޭޝަން ސެޓިސްފިކޭޝަން އިންޑެކްސް (ޑީއެސްއައި) ގެ އެންމެ މަގުބޫލު އަދި އެންމެ ރައްކާތެރި މަންޒިލަކަށް ރާއްޖެ ހޮވިއްޖެ އެވެ.

ޓޫރިސްޓުން ދަތުރުކުރާ ގައުމުތަކުގައި ހުންނަން އެންމެ ބޭނުންވާ 20 ކަންތަކުގެ މައްޗަށް ބަލައި "ނޮސްޓެޓް" އިން ހަދާފައިވާ ދިރާސާ އިން ދެއްކި ގޮތުގައި ދިރާސާގައި ޖުމްލަކޮށް ރާއްޖެ އޮތީ 8.8 ދަރަޖައިގަ އެވެ.

ދިރާސާގައި ބަލާފައިވާ ކަންތަކުގެ ތެރޭގައި އެ މަންޒިލެއްގައި ރައްކާތެރިކަން ހުރި މިންވަރު ފަދަ ކަންތައްތައް ހިމެނެ އެވެ.

ޑީއެސްއައިގައި ރާއްޖެއާ އެންމެ ގާތުން މާކްސް ލިބުނު މޮންޓަނީގްރޯ އަށް ލިބުނީ 8.5 ދަރަޖަ އެވެ. އަދި އޮސްޓްރިއާ އާއި ސްލޮވާކިޔާ އަށް ލިބިފައިވަނީ 8.4 ދަރަޖަ އެވެ. އަދި އެމެރިކާ ބައްރުން މި ދިރާސާގެ އެންމެ ކުރީގައި އޮތް ބަހާމަސް އަށް ލިބުނީ 8.7 ދަރަޖަ އެވެ.

ޑީއެސްއައިގައި އިންޑެކްސްގައި ރާއްޖެ

* ޖުމްލަ ދަރަޖަ 8.8
* ރައްކާތެރި މަންޒިލުގެ ބައި 8.5
* އެކޮމޮޑޭޝަން ބައި 9.4
* ރެޕިއުޓޭޝަން 77

ދިރާސާ އިން ދެއްކި ގޮތުގައި ދަތުރު ކުރާ މީހުންނަށް ރައްކާތެރި މިންވަރު ދައްކުވައިދޭ ބައިގައި ރާއްޖެއާ ކައިރި ކުރެވޭ އެހެން ގައުމެއް ނެތެވެ. މި ބައިން ރާއްޖެ އަށް 9.4 ދަރަޖަ ލިބުނުއިރު، އޮސްޓްރިއާ އަށް ލިބުނީ 8.9 ދަރަޖަ އެވެ. އަދި ޓޫރިސްޓުންނަށް ދޭ އެކޮމޮޑޭޝަންގެ ބައިގައި ވެސް ރާއްޖެ އޮތީ ކުރީގަ އެވެ. މި ބައިން ރާއްޖެ އަށް 9.4 ދަރަޖަ ލިބުނުއިރު، އަބޫދާބީ އަށް ލިބުނީ 9.2 ދަރަޖަ އެވެ. އަދި ބަހާމަސް އަށް ނުވައެއް ލިބުނުއިރު، ސައިޕްރަސްއަސް 8.7 ލިބިފައިވެ އެވެ. އަދި ތުރުކީ އާއި ޕޯޗްގަލް އަދި އޮސްޓްރިއާ އޮތީ 8.6 ދަރަޖާގަ އެވެ.

ޑީއެސްއައި އިންޑެކްސް ދައްކާ ގޮތުގައި ބީޗް ހޮލިޑޭގެ ބައިން ވެސް ރާއްޖެވަނީ ކުރި ހޯދާފަ އެވެ. ރާއްޖެ މި އިންޑެކްސްގައި 9.5 ދަރަޖަ ލިބިފައިވެ އެވެ. އަދި މި ދިރާސާ އިން ކުރި ފަރާތުން ބުނެފައިވާ ގޮތުގައި މީގެ ކުރިން ވެސް ކާމިޔާބީތައް ހޯދަމުންދާ ރާއްޖެވަނީ 100 އިން 77 ޕަސެންޓް ލިބިފައެވެ.