ހަބަރު

މޯލްޑިވިއަންގެ ސީޕްލޭނެއް އަނެއްކާ ވެސް ވެއްޓިއްޖެ

Nov 16, 2017
2

ޓޫރިސްޓުންނާ އެކު ދަތުރު ކުރި މޯލްޑިވިއަންގެ ސީޕްލޭނެއް އަނެއްކާ ވެސް ވެއްޓިއްޖެ އެވެ. މީގެ މަހެއްހާ ދުވަސްކުރިން ވެސް މޯލްޑިވިއަންގެ ސީޕްލޭނެއް ވަނީ ހުޅުލޭ ފަޅުތެރެއަށް ވެއްޓިފަ އެވެ.

މޯލްޑިވިއަންގެ ސީޕްލޭން މިފަހަރު ވެއްޓުނީ، ދ. ދޫރެސް އައިލެންޑް ރިސޯޓުން ބޯޓް ނައްޓާލިތަނުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ގާތްގަނޑަކަށް 9:40 އެހާކަންހާއިރު ބޯޓްް ވެއްޓުނު އިރު އޭގައި 15 މީހުން ތިއްބެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ. ސިފައިން ބުނީ އެންމެން ސަލާމަތްކޮށް ދޫރެސް އައިލެންޑް ރިސޯޓަށް މިހާރު އެންމެން ގެންގޮސްފައިވާ ކަމަށެވެ.

މީގެ ކުރިން މޯލްޑިވިއަންގެ ސީޕްލޭން ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން، ޖައްސަން އުޅުމުގެ ތެރޭގަ އެވެ. މިއަދުވެސް މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓުނު އިރު މިއަދަކީ ވެސް މޫސުން ގޯސްދުވަހެކެވެ.