އަހަރުގެ ސެންޓުގެ ބޮޑު ޕްރޮމޯޝަން މިއޮތް ފެށުނީ އެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ލެޕާފިއުމް އިން މިއޮތީ ބޮޑު ޕްރޮމޯޝަން ފަށާފަ އެވެ. ސެންޓު ގަނެގެން ބެންކޮކަށްވެސް ދާންވީ އެވެ. ރިސޯޓަށްވެސް ދާންވީ އެވެ. މޫވެންޕިކުން އައިސްކްރީމް ބޯލުމުގެ ފުުރުސަތުވެސް އެބަ އޮތެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާން ވަކި އަގަކުން މަތީގައި ވިއްކާ ސެންޓު ގަންނާކަށް ނުޖެހެ އެވެ. ލެޕާފިއުމުން ވިއްކާ ކޮންމެ އުފެއްދުމެއް ގަނެގެންވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަން ނިމޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.
ލެޕާފިއުމްގައި މި އަހަރު ނެރުނު މޮޅެތި އަދި މީރުވަސް ދުވާ ސެންޓު ހުންނާނެ އެވެ. އަވަހަށް އެ ދިމާލަށް ނައްޓާލާށެވެ.
މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ގުރުއަތުން ހޮވޭ ފަރާތަކަށް ބެންކޮކް ދެކޮޅު ޓިކެޓް ދެ މީހަކަށް ދޭނެ އެވެ. ދެ ވަނަ އަަށް ހޮވޭ ފަރާތަކަށް ދެ މީހަކަށް ދެ ރޭގެ ހުރުމާއެކު ރިސޯޓު ދަތުރެކެވެ. ތިން ވަނަ އިނާމް ލިބޭނީ ގުރުއަތުން ހޮވޭ އެންމެ މީހަކަށް ނޫނެވެ. ތިން މީހުންނަކަށްވެސް ނޫނެވެ. ގުރުއަތުން ހޮވޭ 10 މީހަކަށެވެ. އެ އިނާމަކީ މޫވެންޕިކުން އައިސްކްރީމް ލިބޭ 500 ރުފިޔާގެ ވައުޗަރެކެވެ.
މިއިން ކޮންމެވެސް އިނާމެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. ގުރުއަތުން ހޮވޭނެ ކަމަށް ބަލާފައި ލެޕާފިއުމުން މި ދުވަސްވަރު ކޮންމެހެންވެސް ސެންޓުގަންނަން ވާނެ އެވެ.
ލެޕާފިއުމަކީ މާލޭގައި އެންމެ ހެޔޮ އަގުގައި ކޮލިޓީ ސެންޓު ވިއްކާ އެއް ފިހާރަ އެވެ. ލެޕާފިއުމުން މީގެކުރިންވެސް އެކި މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު ބޮޑެތި އިނާމުތައް ދޭ ޕްރޮމޯޝަންތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ފިހާރައިން އޮންލައިންކޮށް ވެސް ސެންޓު ވިއްކާނެ އެވެ. މި އަހަރުގެ ތެރޭގައި ލެޕާފިއުމުން ވަނީ ޖޯން ވާވަޓޮސް ބްރޭންޑްގެ ސެންޓް ވެސް ރާއްޖެ ގެނެސް ވިއްކަން ފަށާފަ އެވެ. މީގެ އިތުރުން އެންމެ ފަހުގެ ގިނަ ބްރޭންޑް ތަކެއްގެ ސެންޓު މިހާރުވެސް ލެޕާފިއުމް އިން ލިބެން އެބަހުއްޓެވެ.
އޭގެތެރޭގައި ޕަކޯރަބާންގެ އެންމެ ފަހުން ނުކުތް އޮލިމްޕިއާ އިންޓެސް އަދި އިނވިކްޓަސް އިންޓެސް ލިބެން ހުރިއިރު ނީނާ ރިޗީގެ ލޫނާ އަދި ސީކޭގެ ޑީޕް ޔޫފޯރިއާ، ބޮސް، ނާކީސޯ ރޮޑްރިގޭޒް، ގޫޗީ ބްލޫމް ވެސް ހިމެނެ އެވެ.