ފިނިޕޭޖް

އައިޑޮލްގެ އޮޑިޝަން އޮންނާނީ މާލެ، އައްޑޫ އަދި އުނގޫފާރުގަ

Nov 17, 2017
1

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން ބާއްވަމުން އަންނަ ފްރެންޗައިޒް ޝޯ، "މޯލްޑިވިއަން އައިޑަލް"ގެ ތިންވަނަ ސީޒަންގެ އޮޑިޝަންތައް ބާއްވާނެ ރަށްތައް އިއުލާންކޮށްފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ އޮޑިޝަންތައް އޮންނާނީ އެހެން ސީޒަންތަކާ ހިލާފަށް މާލޭގެ އިތުރުން އެންމެ ދެ ރަށެއްގަ އެވެ. އެއީ އައްޑޫ ސިޓީ، ހިތަދޫ އާއި ރ. އުނގޫފާރުގަ އެވެ. މީގެ ކުރީ ދެ ސީޒަންގައި ވެސް އޮޑިޝަން ބޭއްވި އާބާދީ ބޮޑު ހދ. ކުޅުދުއްފުށީގައި މި އަހަރު އޮޑިޝަނެއް ނޯންނާނެ އެވެ. ލ. އަތޮޅުގައި ވެސް އޮޑިޝަނެއް ނުބާއްވަ އެވެ.

މި އަހަރުގެ ސީޒަންގެ މެއިން ސްޕޮންސަރަކަށް ވެސް އެލައިޑް އިންޝުއަރެންސް ވަނީ ހަމަޖައްސާފަ އެވެ. ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަނެއް ބާއްވާނެކަން އިއުލާނުކޮށް ބައިވެރިވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.