ދިވެހި ސިނަމާ

ފައްތާހު ފިލްމީ ދާއިރާ އާ ދުރަށް!

"ހައްދު"ގެ ޕްރިމިއާގައި ފައްތާހު - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ މަދު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ތެރެއިން އަބްދުލް ފައްތާހަކީ މަގުބޫލު ފަރާތެކެވެ. ދިވެހި ފިލްމު އޯޑިއަންސް އެ މީހަކަށް އިތުބާރު ކުރާ ފަރާތެކެވެ. މިހާތަނަށް ފައްތާހު ގެނެސްދިން ފިލްމުތަކުން މީހުންގެ ހިތްތަކުން ޖާގަ ހޯދި އެވެ.

މި އަހަރުވެސް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެއް ގެނެސްދީ އަތޮޅުތަކުގައިވެސް ހައުސްފުލް ގިނަ ޝޯތަކެއް ގެނެސްދިނުމަށްފަހު ރޭ ފައްތާހު މިވަނީ ފިލްމީ ދާއިރާ އާ ދުރަށް ދިޔަކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލު ހޯދަން ފައްތާހުއަށް ގުޅާލުމުން ބުނީ ފިލްމީ ދާއިރާއިން ވަކިވާން ނިންމީ ވަކި ހާއްސަ ސަބަބެއް އޮވެގެން ނޫން ކަމަށެވެ.

"ވަކި ކަމެއް ވެގެންނެއް ނޫން، ހަމަ އެއްކޮށް ދާއިރާއަށް ދުރަށް ދާން މި ނިންމީއެއް، އެއީ އެންމެ ބޭނުންވި ގޮތް،" ފައްތާހު ބުންޏެވެ.

ފައްތާހު މި އަހަރު ނެރުނު "ހައްދު" ގެ 17 ހައުސް ފުލް ޝޯ އޮލިމްޕަހުގައި ދެއްކިއިރު އަތޮޅުތަކާއި ރިސޯޓުތަކުގައި ޖުމްލަ 138 ޝޯ ދެއްކި އެވެ.

ފައްތާހު ފިލްމީ ދާއިރާއާ ދުރަށް ދިޔަކަށް އިއުލާނު ކުރި އިރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތުމަތު ނަހުލާ އާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. ފައްތާހު މި އަހަރު ނެރުނު "ހައްދު"ގެ ލީޑު ތަރި އަހްމަދު ޝިބާން އަދި ނަހުލާ ގެނެސްދިން "ބޮސް"ގެ ލީޑު ތަރި މުހައްމަދު ޔުނާން އާ ދެތަރިންގެ ލުކް އަދި ފިޒީކްއަށް ފައްތާހު ފާޑު ކީ އިރު އޭގެ ރައްދެއް ގޮތުން ނަހުލާ ވަނީ ފިލްމުގައި މުހިންމީ އިމޯޝަންސް ނުވަތަ ޖަޒުބާތު ކަމަށްބުނެ ވާހަކަ ދައްކާފަ އެވެ.

ފިލްމީ ދާއިރާގައި ފައްތާހު ހަރަކާތްތެރިވާތާ 20 އަހަރުވެއްޖެ އެވެ. ދިވެހި ސިނަމާގައި އޭނާ އަށް ނުލިބޭ ފަހުރެއް އަދި މީހުން މުނިފޫހިފިލުވައިދީގެން ނުލިބޭ ޝަރަފެއް މިއަދަކު ނެތެވެ. ޝަރަފްވެރި ގައުމީ ފިލްމު އެވޯޑްސް އިން ފެށިގެން ގޮސް ރައީސުން ޖުމްހޫރިއްޔާގެ ހިތްވަރު ދިނުމުގެ އިނާމް ވެސް އޭނާ ވަނީ ހާސިލުކޮށްފަ އެވެ.

ފިލްމީ ދާއިރާގައި ފައްތާހު ވަނީ ރީތި ގިނަ ފިލްމުތަކާއި ލަވަތައް ގެނެސްދީފަ އެވެ. ޖުމްލަ 21 ފީޗާ ފިލްމު އޭނާ ގެނެސްދިނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖަމަލް

ބޮޑުފީނޑީއެއް

ހޮޅިފައްތޭ

ނަހުލާގެ ފިލްމްތައް އޯޑިއަންސް ބަލައިގަންނާތީ.. ފައްތާހު ހަދާ ފިލުމުތަކަށްވުރެއް ބޮޑު ނަފާއެއް ހޯދާތީ... ފައްތާހުތީ އަމިއްލަޔަށް މަމޮޅު ހެދިގެން އުޅޭ މީހެއް.. އަތަށް ގޮވީމަ ބެޗީ.. އަދި އަންނާނެ ކޮންމެވެސް ހޮޅި ފިލްމު ގަނޑެއް ހިފައިގެން ހަނދާން ނެތޭހާ ވީމަ

ޒުވާނާ

މިހުސާބުން ފެށިގެން ދިވެހި ފިލްމް ތައް ބެލުން މިހުއްޓާލީ.

ފިލްމީ

މަ ދިވެހި ފިލްމު ބަލަން ފަށީ މި މިއަދުން ފެށިގެން... ތިޔަ ފައްތާހު ބެޗުންތީ ބޮޑު ކާމިޔާބެއް މުޅި ދިވެހި ފިލްމު އިންޑަސްޓްރީއަށްވެސް އަދި ކުރިމަގަށްވެސް... ދެރައީ ކޮންމެވެސް އެއްޗެކޭ ކިޔައިފަ އަނެއްކާވެސް މީނާ އަންނާނެތީ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345