ލައިފްސްޓައިލް

ފައި ފަޅައިގެން ދިއުމަށް ފަސޭހައިން ފަރުވާކުރެވިދާނެ

Nov 23, 2017

ހަމުގެ މައްސަލަތައް ދިމާވެ ފައި ފަޅައިގެން ދިއުމަކީ އާންމުކޮށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ހިރަފުހުގައި ގިނައިރު އުޅެވި، މާބޮޑަށް ފައިން ފެން ދަމާލާއިރު އެކަށީގެންވާ ވަރަށް ފައި މޮއިސްޗުރައިޒް ނުކުރެވުމުން ފައި ފަޅައިގެން ދެ އެވެ.

ފައި ފަޅައިގެން ދިއުމަކީ އެކަމުގެ ސަބަބުން އުނދަގޫ ކުރިމަތިވެ އަދި ބައެއް ފަހަރު ފައިގެ ރިއްސާ، ހިނގަން އުނދަގޫވާ ކަމެކެވެ. އެކަމަށް ހައްލެއް ހޯދުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ހޮސްޕިޓަލަށް ގޮސް ދެ ގަޑިއިރުގައި ކިއުގަ ނުޖެހުނަސް ނިކަން ފަސޭހައިން ގޭގަ އެކަމަށް ފަރުވާ ކުރެވިދާނެ އެވެ.

އެންމެ ފުރަތަމަ ފައި މޮއިސްޗުރައިޒް ކުރާށެވެ. ހާއްސަކޮށް ފަޅައިގެން ގޮސްފަ ހުރި ހިސާބުތަކެވެ. ފެން އެއްކޮށް ދަމާލާ ހަންގަނޑު ޑީ ހައިޑްރޭޓް ވުމުގެ ފުރުސަތު ދީގެން ނުވާނެ އެވެ. އާންމުކޮށް ބޭނުންކުރާ ކޮންމެ ބްރޭންޑެއްގެ މޮއިސްޗުރައިޒާވެސް ރަނގަޅުވާނެ އެވެ.

ފެނާއި މާމުއިގެ ފަރުވާވެސް ވަރަށް ރަނގަޅުވާނެ އެވެ. މާމުއި އެއްކޮށްފައި ހުރި ތާފަނާ ފެނުން ފައި ރަނގަޅަށް ފޯ ކޮށްލުމަށްފަހު ފައި ރަނގަޅަށް ސްކްރަބްކޮށްލާށެވެ. މާމުޔަކީ ގުދުރަތުން އޭގަ އެންޓި ބެކްޓީރިއަލް އަދި އެންޓިސެޕްޓިކް މާއްދާ ހިމެނޭ މޮއިސްޗުރައިޒާ އެކެވެ. ދެން ނިކަން ފަސޭހައިން މަރުވެފައި ހުރި ހަންތައް ނެއްޓެން ފަށާ ހަންގަނޑު ރީތިވާނެ އެވެ.

ސަމާލުކަން ދޭންވީ އިތުރު އެހެން ކަމެއް އެބައޮތެވެ. ކޮންމެ ކޮންމެ ކަހަލަ އިސްޓާކީނެއް ބޭނުން ކުރުން ހުއްޓާލާށެވެ. އޭގެ ބަދަލުގަ ކޮޓަން އިސްޓާކީނު ބޭނުން ކުރާށެވެ. ކޮޓަން އިސްޓާކީނަށް އެރުމުގެ ބޭނުމަކީ ފައި ޖަރާސީމުން ރައްކާތެރި ކުރުމެވެ.

ދެން އޮތީ ފައިވާން އަދި ބޫޓުގެ ވާހަކަ އެވެ. އަގު ހެޔޮކުރަން ނުވަތަ އަގުބޮޑު އެއްޗެއް ގަންނަން ހިތު އަޅައިގެން ހުރެ ފައިވާނާ ބޫޓު ނުގަންނާށެވެ. އޭގެ ބަދަލުގައި މާ ބާރު ނޫން ފައިވާނަ ނުވަތަ ބޫޓު ގަންނާށެވެ. އަދި މީގެ އިތުރުން ފޫޓް ކެއާ ކްރީމެއްވެސް ބޭނުންކުރަންވާނެ އެވެ.