ހަބަރު

ޔޫޓީސީސީގެ ދަރިވަރުން އެވިޑް ކޮލެޖަށް ޒިޔަރާތްކޮށްފި

Nov 21, 2017
2

ތައިލެންޑްގެ ޔުނިވާސިޓީ އޮފް ތައި ޗެމްބާ އޮފް ކޮމާސް (ޔޫޓީސީސީ) ގެ ބިޒްނަސް ފެކަލްޓީގެ ދަރިވަރުންތަކެއް ރާއްޖޭގެ އެވިޑް ކޮލެޖަށް ޒިޔާރަތްކޮށް މައުލޫމާތާއި ތަޖުރިބާ ބަދަލުކޮށްފި އެވެ.

މި ޒިޔާރަތުގައި ޔޫޓީސީސީގެ 25 ދަރިވަރުންނާއި އެ ފެކަލްޓީގެ ޑީން ޑރ. ޖެކަރިން ސްރިމޫން ހިމެނި ވަޑައިގަންނަވަ އެވެ.

އިއްޔެގެ އެ ޒިޔާރަތަކީ ޔޫޓީސީސީ އާއި އެވިޑްކޮލާއި ދެމެދު ދަރިވަރުން ބަދަލު ކުރުމާއެކު އެވިޑްކޮލެޖުގެ ތަމްރީންތަކާބެހޭ މައުލޫމާތު ދަރިވަރުން ހޯދުމުގެ ޒިޔާރަތެކެވެ.

ފަސް ގަޑިއިރަށް ކުރިޔަށްދިޔަ މި ޒިޔާރަތުގައި، ދެ ކޮލެޖުގެ ދެމެދުގައި މުސްތަގުބަލްގައި ކުދިން ބަދަލުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމާއި، ފަންނީގޮތުން ޔޫޓީސީސީގެ އެހީތެރިކަން އެވިޑްކޮލެޖަށް ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭގޮތުން އެވިޑް ކޮލެޖުގެ ޗެއާމަންއާއި އިސްވެރިން އަދި ޔޫޓީސީސީގެ ވެރިންނާދެމެދު މަޝްވަރާކުރި އެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެވިޑްކޮލެޖުގެ ދަރިވަރުން ޔޫޓީސީސީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ދޭނެއެވެ.