ވިޔަފާރި

ލެލީޑޯ: ހެޔޮ އަގެއް، ވަސް މީރު ކޮލިޓީ ބޮޑީ ސްޕްރޭއެއް

މީރުވަސް ދުވާ އަދި ގިނަ ވަގުތު ވަސް ހުންނަ ބޮޑީ ސްޕްރޭ ނުލިބޭ ވާހަކަ އަކީ އާންމު ވާހަކަ އެެވެ. އާންމުކޮށް ބޭނުންކުރާ ބޮޑީ ސްޕްރޭއިން ގިނަ ވަގުތު ވަސް ނުހިފައްޓައިދޭތީ ގިނަގިނައިން ބޮޑީ ސްޕްރޭ ބޭނުންކުރަން ޖެހޭ ވާހަކަ އެވެ. ބޮޑީ ސްޕްރޭއަށް ކުރަން ޖެހޭ ހަރަދު ބޮޑުވާ ވާހަކަ އެވެ.

އެ މީހުންނަށް ބައެއް މީހުން ދޭ ރައްދަކީ ސެންޓު ބޭނުންކުރަންވީ ނޫން ހެއްޔެވެ؟ އެހެން ނަމަވެސް އެންމެންނަކީ ސެންޓު ބޭނުންކުރެވޭ މީހުންނެއް ނޫނެވެ. ފަހަރުގައި އަގު ތަންކޮޅެއް ބޮޑީ ކަންނޭނގެ އެވެ. އެ މީހުންނަށް ހާއްސަކޮށް ބްރޭންޑެޑް ބޮޑީ ސްޕްރޭ ވިއްކާ ބަޔަކީ "ނިއު އެޑިޝަން" ފިހާރަ އެވެ.

ގަލޮޅު ސަހަރާ ކައިރީގައި ހުންނަ އެ ފިހާރައިން މަޝްހޫރު ލެލީޑޯ ބްރޭންޑްގެ ސެންޓާ ބޮޑީ ސްޕްރޭ ހުންނާނެ އެވެ. އެ ފިހާރައިގެ ފައުންޑާ އަބްދުﷲ ރަޝީދު ވިދާޅުވީ ސެންޓާއި ބޮޑީ ސްޕްރޭގެ ވަހުގަ އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ. ލެލީޑޯ ބްރޭންޑަކީ ފްރާންސްގެ ބްރޭންޑެކެވެ.

އެ ފިހާރައިން ލެލީޑޯ ބްރޭންޑްގެ އަންހެން އަދި ފިރިހެން ސެންޓާއި ބޮޑީ ސްޕްރޭ ލިބެން ހުންނާނެ އެވެ. ލެލީޑޯ އަކީ ތަފާތު މީރުވަހެއް ހުންނަ އަދި ގިނަ ވަގުތު ވަސް ހުންނަ ބްރޭންޑެކެވެ. ބޮޑީ ސްޕްރޭއިންވެސް ގިނަ ވަގުތު ވަސް ހިފަހައްޓައިދޭނެ އެވެ.
"ލެލީޑޯގެ އެންމެ ހާއްސަ ސިފަޔަކީ އެއީ، ބްރޭންޑެޑް ވެފަ ތަފާތު މީރު ވަސް ގިނަ ވަގުތު ހުންނާތީ، މީގެ ވެރައިޓީސް އުޅޭނެ، ހުރިހާ ވެރައިޓީސް އެއްގައިވެސް އޮރިޖިނަލް ސެންޓުގައި ހުންނަ ވަސް ހުންނާނީ." ރަޝީދު ވިދާޅުވި އެވެ.

ނިއު އެޑިޝަން ފިހާރައިން ބައިނަލް އަގްވާމީ އެ ބްރޭންޑް ރާއްޖެ އެތެރެކޮށް ވިއްކާތާ މިހާރު ވަރަށް ދުވަސްވެއްޖެ އެވެ. ލެލީޑޯ ބްރޭންޑް ރާއްޖެ އެތެރެކޮށް ހޯލްސޭލް ކުރަނީ ނިއު އެޑިޝަން އިންނެވެ. މާލޭގެ އެހެން ފިހާރަތައް އަދި އަތޮޅު ތެރެއިންވެސް މިހާރު ލެލީޑޯ ބްރޭންޑްގެ ސެންޓާ ބޮޑީ ސްޕްރޭ ލިބެން ހުންނާނެ އެވެ. އެގޮތުން އައްޑޫ، ރ، އއ، އދ އަދި މ އޮތޮޅުގެ ބައެއް ފިހާރަތަކުން މިހާރުވެސް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކުން ލެލީޑޯ ބްރޭންޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ނިއު އެޑިޝަންގެ އަމާޒެވެ. އެގޮތުން އެ ފިހާރައިން ވަނީ އަތޮޅުތަކާއި މާލޭގެ ފިހާރަތަކަށް ހޯލްސޭލްކޮށް ނަގާ ފަރާތްތަކަށް ހާއްސަ އަގެއްގައި ލިބޭނެ އެވެ. ހޯލްސޭލްކޮށް ނަގަން ބޭނުންވާ ފަރާތްތަކުން 7483120 އަށް ގުޅާލުމުން ހަމަޖެހޭނެ އެވެ.

ނިއު އެޑިޝަން އިން އޮލިމްޕިއާ، ގުޑް ގާލް ފަދަ މަޝްހޫރު ބްރޭންޑްުތަކުގެ އޮރިޖިނަލް ސެންޓުތައް ލިބެން ހުންނާނެ އެވެ. އެ ފިހާރައަކީ ހަމައެކަނި ސެންޓާ ބޮޑީ ސްޕްރޭއަށް ހާއްސަ ފިހާރައެއް ނޫނެވެ. މޭކަޕްގެ ސާމާނާއި، ފައިވާން އަދި ދަބަސް ފަދަ ހުރިހާ އެއްޗެއް އެ ފިހާރައިން ލިބެން އެބަހުއްޓެވެ. އެ ފިހާރައިން ވިއްކާ މޭކަޕަކީވެސް ބްރޭންޑެޑް އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލު ބްރޭންޑްތަކެެވެ.